އޮސްޓްރޭލިއާގެ ކާލިންގްފޯޑްގެ ސާވިސް ސްޓޭޝަނަކުން 10،000 ޑޮނަޓް ހިމެނޭ ކްރިސްޕީ ކްރީމް ޑެލިވަރީ ވޭން އެއް ވަގަށް ނަގައިފިއެވެ.

މި ވޭން ނަގާފައިވަނީ ޑްރައިވަރު އެތެރޭގައި ފައިސާ ދައްކަންދިޔަ ވަގުތެވެ. އެ ވޭން ނިއުކާސަލްއަށް ދަތުރުކުރަމުން ދިޔައީ ހޮލިޑޭ ތީމް އާއި ކްލާސިކް ވައްތަރުތައް ހިމެނޭ ގޮތަށް ތަފާތު ޑޯނަޓްތައް ޑެލިވަރީ ކުރަން ކަމަށް މައުލޫމާތު ލިބެއެވެ. މިކަންކުރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ނައި ނިއުސް އިން ހާމަކުރާގޮތުގައި ގޮތުގައި ކްރިސްޕީ ކްރޭމް ކުންފުނީގެ ފަރާތުން ބުނެފައިވަނީ މިކަންކޮށްފައިވަނީ އަންހެނެއް ކަމަށެވެ.

ސީސީޓީވީން ފެންނަ ގޮތުގައި ވޭން އާއި ދިމާއަށް ހިނގައިގަތުމުގެ ކުރިން ޕެޓްރޯލް ޕަމްޕްތަކުގެ ވަށައިގެން ހިނގަމުން ދިޔަ އަންހެނަކު ވޭންގެ އެތެރެއަށް ވަދެ ވޭންދުއްވާފަދަނީއެވެ. މިވޭންތެރޭގައިވާ ކޮންމެ ޑޮނަޓެއްގެ އަގު ގާތްގަނޑަކަށް ހަތަރު ޑޮލަރަށް އަރާއިރު، ލޯޑުގެ އަގު ގާތްގަނޑަކަށް 40،000 ޑޮލަރު (22،04،375 ރުފިޔާ) އަށް އަރަ އެވެ.