ހައްޖާއި އުމްރާގެ ހިދުމަތުގެ މައުރަޒު އަދި ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގަންނަވައިފިއެވެ. 

މި ކޮންފަރެންސްގައި ހައްޖުވެރިންގެ ހިދުމަތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ހައްޖު ދަތުރުތަކުގެ ފެންވަރު ރަނގަޅުކޮށް ޒިޔާރަތްކުރާ މީހުންގެ ދީނީ އަދި ސަގާފީ ތަޖުރިބާތައް މުއްސަނދި ކުރުމުގެ އަމާޒު ހިމަނާފައިވެއެވެ.

މި ކޮންފަރެންސްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބުން، އަލީ އަޙްސަނާއި، އައްޝައިޚް އުސާމް މުޙައްމަދު ސަޢީދުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްވެސް ބައިވެރިވެޑައިގަތެވެ.