ކައިމޫ ހޮޓެލްސްގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އިންފްލައިޓް ފަޔަރ ފައިޓިންގ ސެޝަންތަކެއް ހިންގައިފިއެވެ.
 
ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ޖަނަވަރީ 27 ވަނަ ދުވަހު ހިންގި އިންފްލައިޓް ފަޔަރ ފައިޓިންގގެ ދެ ސެޝަންގައި ކައިމޫ ހޮޓެލްސްގެ 28 މުވައްޒަފުން ބައިވެރިވިއެވެ.
 
މި ސެޝަންތަކުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ބޭސިކް ފަޔަރ ކެމިސްޓްރީ، ފުލައިޓުތަކުގައި އަލިފާން ނިއްވުމަށް ބޭނުންކުރެވޭ އިކުއިޕްމެންޓުތައް، އޮޕަރޭޝަނަލް ސްޓެންޑަރޑްސް ފޮރ އެން އިންފްލައިޓް ފަޔަރ، އޮޕަރޭޝަނަލް އެންޑް ހިއުމަން ފެކްޓަރސް އިންވޮލްވްޑް އިން އިންފްލައިޓް ފަޔަރ މެނޭޖްމަންޓް، އަދި ޕްރިވެންޝަން ސްޓްރެޓަޖީސް ހިމެނެއެވެ.
 
މި ސެޝަންތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރ ފައިޓަރުންނެވެ.