މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކުރެވިފައިވަނީ ޒަކާތުގެ މައުޟޫއަށެވެ. ޚުތުބާގެ އިތުރުން، މާލޭ ސިޓީ ހިމެނޭ ގޮތަށް މަޣުރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން އިތުރު ދީނީ ދަރުސްތައް ބާއްވަން ވަނީ ހަމަޖެހިފައެވެ.

މާލޭގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މުދަލު ޒަކާތާއި ގުޅޭ ދަރުސް މިއަދު މަޣުރިބު ނަމާދަށްފަހު އޮންނާނެއެވެ.

މި ދަރުސްތަކުގެ މަޤްޞަދަކީ، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުސޫލްތަކަށް ބާރުއަޅައި، މުދަލު ޒަކާތުގެ މުހިންމުކަމަށް  ހޭލުންތެރި  ކުރުވުމެވެ.  

މިއަދު ބާއްވާ ދަރުސްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ  ވުޒާރާއިން  އިލްތިމާސްކުރެއެވެ. މި ދަރުސްތަކުގައި ބައިވެރިވުމަށް ބާރުއަޅަނީ މީގެ ސަބަބުން ޒަކާތާއި ގުޅޭ ޢިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުމަށެވެ.