މާލޭގެ އަމީނީ މަގަކީ ގިނަބަޔަކު ކޮންމެ ދުވަހަކު ދަތުރު ފަތުރު ކުރާ މާލޭގެ އެންމެ މުހިއްމު އެއް މަގެވެ. ގިނަ ސްކޫލް ތަކަކާއި އޮފީސްތައް ހުންނަ އަމީނީ މަގުގައި ހިނގާބިގާވެ އުޅޭ މީހުނަށާއި ދަތުރު ފަތުރު ކުރާ ފަރާތްތަކަށް މީގެ ކުރިން ގިނަ ދަތިތަކާއި ކުރިމަތި ލާން ވަނީ ޖެހިފައެވެ. ވާރޭ ވެހިއްޖެނަމަ މަގުގައި ފެންބޮޑުވުމުގެ ސަބަބުން ސްކޫލް ކުދިން ސްކޫލަށް ދާންޖެހެނީ ބޫޓު ކޮތަޅަކަށް ލައިގެންނެވެ.

ޒަމާންވީ ތަކުލީފަކަށް ނިމުން ގެނެސް އަމީނީ މަގަށް ހައްލު ގެނެސް ދިނުމުގެ ގޮތުން ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ އަދި އެމްޓީސީސީ ގެ ހީވާގި މަސައްކަތް ތެރިން މިހާރުވަނީ ފަށާފައެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

މިމަޝްރޫއުގެ ދަށުން 2،511 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 2،511 އަކަ މީޓަރުގެ ސަބްގްރޭޑް އެޅުމާއި، 2،511 އަކަ މީޓަރުގެ އޭބީސީ އެޅުމާއި، 2،511 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕްރައިމް ކޯޓް އެޅުން ހިމެނެއެވެ.

ހިތްގައިމު ހިތްފަސޭހަ ޒަމާނީ އަމީނީ މަގެއް ރައްޔިތުންނަށް ގެނެސް ދިނުމަށް މަސައްކަތް މިހާރުވަނީ ހަލުވި ސްޕީޑެއްގައި ކުރިއަށް ގޮސް 

އަމީނީމަގުގެ ނިމިފައިވާ ސެގްމެންޓްތައް ކަމުގައިވާ 1،2،3 ގައި އޭބީސީ ފަށަލަ އެޅުމާއި ކޮމްޕެކްޓްކޮށް ނިންމާލުމަށްފަހު މިހާރުވަނީ ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.

‏ޒަމާނީ އަމީނީ މަގާއެކު ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯރމް ވޯރޓަރ ސިސްޓަމް ގާއިމުކުރެވިފައިވާނެއެވެ.އަދި މަގު ނިމިގެންދާއިރު ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރެވޭނެއެވެ.

އެ މަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެ ކަމަށް ވެސް އާރުޑީސީން ބުނެފައިވެއެވެ. އަދި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިވެސް ހަރުކުރާނެ ކަމަށް ބުނެފައިވެއެވެ.

ޒަމާނީ އަމީނީ ގެ މަސައްކަތުގައި އާރްޑީސީ އަދި އެމްޓީސީސީ މުވައްޒަފުންގެ ހިތްވަރަށް ތައުރީފް ހައްގެވެ.

އަމީނީ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ރޭގަ ނިންމައިލެވޭނެ ކަމަށާއި އަމީނީ މަގުގެ ތިން ސެގްމެންޓެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

 މަގު ހެދުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.