އެގްރޯނެޓްގެ ދަނޑުވެރިން އިންދާ ހައްދާފައިވާ ތާޒާ ފަތްކެޔޮ، ހޯލްސޭލްކޮށް ލިބެން ހުރިކަމަށް، އެގްރޯނެޓުން ވަނީ މަޢުލޫމާތު ދީފައެވެ. މިވަގުތު ވިއްކަމުންގެންދަނީ، ދިވެހި ބޮންތި ރަތްކޭލެވެ. މިއީ ކާށިދޫ އަދި ލާމު އަތޮޅުގައި ހައްދާފައިވާ ފަތްކޭލެވެ.

ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން 7924256، 9771343 އާ ގުޅުއްވާ އޯޑަރ ދެއްވޭނެ ކަމަށް އެގްރޯނެޓުން ވަނީ ހާމަކޮށްފައެވެ. އެގްރޯނެޓްގެ ދަނޑުވެރިންގެ އުފެއްދުންތަކަކީ ފަންނީ މުވައްޒަފުންގެ އިރުޝާދާ އެކީގައި އެގްރޮނޮމިސްޓުންގެ ބެލުމުގެ ދަށުން ހައްދާ ބާވަތްތަކެވެ. އެހެންކަމުން ، އެގްރޯނެޓްގެ ކޮންމެ އުފެއްދުމަކީވެސް ޞިއްޙީގޮތުން، ކެއުމަށް ރައްކާތެރި ސާފްތާހިރު ބާވަތްތަކެވެ. 

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ދިވެހި ސަރުކާރުގެ ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނި މެދުވެރިކޮށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައި ޗެއިން ތަރައްޤީކުރުމަށް މަސައްކަތްކުރާނެކަމަށް އެ ކުންފުނި ބުނެއެވެ.

ރާއްޖޭން ބޭރުން އިމްޕޯރޓްކުރާ ކާބޯތަކެއްޗަށް ބަރޯސާ ނުވެ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް އަމިއްލަ ޤައުމުން ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ.