އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ ހުޅުމާލޭ ފޭސް 2 ބީޗް ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތްކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.
ފަޒުލް ވަނީ އެސަރަހައްދުގައި ވިޔަފާރި ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށް ހުރި މައްސަލަތައް އޮޅުންފިލުވާ އެކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.
މިޒިޔާރަތުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ސުޖާއުވެސް ބައިވެރިވެވަޑައިގަތެވެ. މިބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްސަދަކީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދާ އެކަންކަމަށް ހައްލ ހޯދައި ދެއްވުމެވެ.
ފޭސް 2 އެކޭ އެއްފަދައިން ހުޅުމާލޭގެ ފޭސް ވަންގައިވެސް ތަފާތު ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭގެތެރޭގައި މަދިރި ގިނަވުމާއި ، ކުނިއުކާ ހަޑިކޮށްފައިވާ ހުސްބިންތައް ގިނަވުމުން މަދިރި އާލާވާގޮތަށް ހުންނަ ގިނަ ތަންތަން ވަނީ އުފެދިފައެވެ. ހަމައެހެންމެ ޕޭވްމަންޓު މަތީގައާއި ބީޗް ސަރަހައްދުގައި ވިޔަފާރިވެރިން އަންނަނީ ކެފޭ ހިންގުމަށް މޭޒާއި ގޮންޑި ބަހައްޓާ ، އަދި ފިހާރަތަކުން ފެންކޭހާއި ތަފާޓު މުދާ ޕޭމަންޓުމަތީ ބަހައްތަމުންނެވެ. މިތަކެތި ނަގަން އެންގިކަމުގައި ވިޔަސް ވޭތުވެދިޔަ އަހަރުތަކުގައި މިކަމަށް ބަދަލެއް ނާންނަކަން ފާހަގަ ކޮށްލަން ޖެހެއެވެ. ބައެއް ހިސާބުތަކުގައި ކެފޭތަކުގެ ބޭޏުންމަށް ޕޭވްމަންޓު ވަކި ހިސާބަކުން ބަންދުކޮށް ހިނގާމީހުންނަށް މަގަށް ފައިބަންޖެހޭ ގޮތަށް ވަނީ އަމަލުކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން