ނޮވެންބަރު 10 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަން ޢިއުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ، ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށްވުމާއެކު، މި އަހަރު ކަލަންޑަރުގައިވާގޮތުން، ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ، (2024 ނޮވެންބަރު 10 ވާ އާދީއްތަ ދުވަހަކީ) ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވެއެވެ.