އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން، މަދަރުސަތުލް އިފްތިތާޙުގެ ސްޓަރސްއާއި ލިޑްލްމެއިޑުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފިއެވެ.

ޅ.ނައިފަރު މަދަރުސަތުލް އިފްތިތާޙްގައި ޖަނަވަރީ 30 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ.

އަދި މި ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަރިވަރުންނަށް އުނގަންނައި ދެވިފައެވެ.

އެ ސްކޫލުގެ 44 ދަރިވަރުން ބައިވެރިވި މި ސެޝަންގައި ކިޔަވާދެއްވީ އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.