އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ފ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ނިލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކަށް ހުށަހެޅޭ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ދީފައިވެއެވެ. އަދި އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އޭގެ އިތުރުން، މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމަށް އެކި ނަންނަމުގައި ކުރިއަށް ގެންދާ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އަދި އޮންލައިންކޮށް މުދާ ގަންނައިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
އަދި ހަމަ އެހެންމެ މީސްމީޑިއާގެ ވަސީލަތްތަކުގައި ސެކިއުރިޓީ ފީޗާސް ރަނގަޅު ޕާސްވޯޑެއް ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ސެޝަނުގައި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދިވެހި މުދައްރިސުންނާއި ބިދޭސީ މުދައްރިސުން ހިމެނޭހެން 42 މުދައްރިސުން ބައިވެރިވިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން