އާއިލާ މީހަކަށް ކުއްޖެއް ލިބުން އެއީ މުޅި އާއިލާއަށް ލިބޭ ބޮޑު އުފަލެކެވެ. އާއިލާ މީހެއް ކަމުގައި ވިޔަސްވެސް ރަހްމަތްތެރިޔެއް ކަމުގައި ވިޔަސްވެސް ކުދިން ލިބުމަކީ އަޅުގަނޑުމެން ވަރަށްކުލަގަދަކޮށް ފާހަގަ ކުރާ ކަމެކެވެ. ފަހަކަށް އައިސް ކުއްޖާ ލިބުމުގެ ކުރިން “ބޭބީ ޝަވަރ” އާއި “ޖެންޑަރ ރިވީލް” ޕާޓީއެއް ނުބާއްވާ ބަޔަކު މަދުވާނެއެވެ. ނަމަވެސް މީގެ އެތައް ޒަމާނެއްކުރިން ފެށިގެންވެސް ވިހައިގެން އުޅޭ މީހުންނަށް ހަދިޔާ ދިނުން މީ ދިވެހިން ކޮށް އުޅޭ ކަމެކެވެ.
ވިހައިގެން އުޅޭ މީހަކަށް ހަދިޔާ ދޭއިރުގައި އެއީ ބޭނުން ތެރި އެއްޗެހިތޯ ބަލަންވާނެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ބޭނުންވާ އެއްޗެހި ކޮބާތޯ އަހާ ލުމަށް ފަހުގައި އޭގެ ތެރެއިން އެއްޗެއްދިނުމެވެ. އެކަކަށް ބޭނުންތެރި އެއްޗެއް އެއީ އަނެކާއަށް ބޭނުންތެރި އެއްޗެއް ކަމަށް ނުވެދާނެއެވެ. ވިހައިގެން އުޅޭ މީހުންނަށް ދެވިދާނެ ބަޔެއް ހަދިޔާ މިހިރީއެވެ.
1. ނަރސިންގް ބާލިސް
ނަރސިންގް ބާލިހަކީ ކުއްޖާ ބާއްވާލައިގެން ގާތުން ދިނުމަށް ވަރަށް ފަސޭހަ ބާލިހެއް ކަމަށް ގިނަ މަންމައިން އެއްބަސްވެއެވެ.
2.ކެރިއާރ
ކުއްޖާ ކެރިއާރއަށް ލައިގެން އުޅުނީމައި މައިބަދައަށް ކުރާ ބާރު ކުޑަވެ ބޭރުގައި ކުއްޖާ ގޮވައިގެން އުޅެން ފަސޭހަވެއެވެ.
3.ބޭބީ ބައުންސަރ
ގޭތެރެގައި ބޭބީ ބައުންސަރއަށް ލާފައި ބާއްވާލުމުން އަބަދު އުރައިގެން އުޅެން ޖެހޭ ވަގުތު ކުޑަވެފައި އެހެން ކަންކަން ކޮއްލާނެ ފުރުސަތު ލިބޭނެއެވެ.
4.ބޭބީ ބާތް ގޮނޑި
އަލަށް ކުދިން ލިބޭ މީހުންނަށް ކުއްޖާ ފެންވަރުވަން ފަސޭހަ ކޮއްދެއެވެ.
5.ނެޕީ ދަބަސް
މިއީ ހަމަ ޔަގީނުންވެސް ތުއްތު ކުދިން ގެންގުޅޭ ހުރިހާ މަންމައިންނަށް ވަރަށް ބޭނުން ތެރި އެއްޗެކެވެ. ބޭރަށް ދާއިރުގައި ކުއްޖާގެ ނެޕީ އަދި ބުއްފުޅިއާއި އެހެނިހެން ސާމާނު އެޅުމަށްބޭނުން ކުރާ އެއްޗެކެވެ.
6.އަންނައުނު
އެންމެ ތުއްތު ކުދިންނަކީ ވަރަށް އަވަހަށް ބުޑުވާ ކުދިން ކަމަށް ވާތީވެ އަންނައުނު އަބަދުވެސް އޮންނާނީ ހޯދަން ޖެހިފައެވެ. އެހެން ކަމުން މީ ދެވިދާނެ ވަރަށް ރަނގަޅު ހަދިޔާއެކެވެ.
7.ނެޕީ
ނެޕީ އަކީ ތުއްތު ކުދިންނަށް އެންމެ ހޯދަން ޖެހޭ އެކައްޗެވެ. ނެޕީ އަކީ ހޯދަން ފަސޭހަ ހަދިޔާއެކެވެ.
8.ނަރސިންގް ކަވަރ
މީހުންގެ ތެރޭގައި ކުއްޖާއަށް ބުއްދޭން ޖެހިއްޖެ ނަމަ ނަރސިންގް ކަވަރއެއް އަޅާ ލުމުން ފޮރުވޭނެއެވެ.
9.ބޭބީ މޯބައިލް
ކުއްޖާ އެނދުގައި ބާއްވާފައި އޮންނަ އިރު ޝައުގުވެރި ކަމާއި އެކުގައި ބަލަން އަދި އަޑުއަހަން އޮންނާނެއެވެ.
10.ރަޖާ
އެންމެ ފުރަތަމަ ދުވަސް ކޮޅުގައި އާންމުކޮށް ކުއްޖާ އޮންނާނީ ރަޖަޔަށް ލާފައި ކަމަށް ވާތީވެ ވަރަށް ބޭނުންތެރި އެއްޗެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން