ލ.ގަމުގައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ގަމު ކައުންސިލް އިދާރާއިން އެރަށުގައި ކުރިއަށްގެދިޔަ ހަރަކާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެއްޖެއެވެ.
ގަމު މުކުރިމަގު އަވަށުގައި މިއަދު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އިތުރުން ގަމު ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގަމު ރީޖަނަލް ހޮސްޕިޓަލާއި، ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުން ބައިވެރިވިއެވެ.
މިއަދުގެ ސާފުކުރުމުގައި ގަމު މުކުރިމަގު އަވަށުން ފެން އުފެދޭގޮތަށް ހުރި ގިނަ އަދަދެއްގެ ކުނިތަކެއް ވަނީ ނަގާފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން