ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ކެންޕެއިނަށް މާލެއާއި ރަށްރަށުގެ މަގުތައް ވަނީ ޕޯސްޓަރުތަކުން ފުރާލާފައެވެ. އިންތިހާބު ނިމުނު ފަހުން 2 ދުވަސް ވެގެން ދިޔަ އިރުވެސް ޕޯސްޓަރެއް ނެތް މަގެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް ރޭ ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ.
އިންތިހާބުގައި ހޮވުނު މަދު އަންހެން މެންބަރުންގެ ތެރެއިން މާފަންނު މެދު ދާއިރާއަށް ހޮވުނު އަސްމާ ރަޝީދު (އަސްމާއްތަ) އާއި އަސްމާއްތަގެ ޓީމުން މަގުތަކުން ޕޯސްޓަރުތައް ނަގަމުން ދާތަން ދުށީމެވެ. އެންމެ ބޮޑަށް ހައިރަން ކުރުވީ ޓީމާއި އެކީގައި އަސްމާއްތަ އަމަލީ ގޮތުން ޕޯސްޓަރުތައް ނެެގުމުގައި ބައިވެރި ވެގެން އުޅޭތަން ފެނުމުންނެވެ. މަގުތައް ރީތިކޮށް އަދި ސާފުކޮށް ބެހެއްޓުމަށް ޕޯސްޓަރުތައް ނެގުމަކީ ހުރިހާ ބޭފުޅުންވެސް ކުރަންވާނެ ކަމެކެވެ.
އަސްމާއްތަގެ މި އަމަލުން ފެނިގެން ދިޔައީ އަސްމާއްތައަކީ ހަގީގަތުގައިވެސް ނަމޫނާ ކަނބަލެއް ކަމެވެ. އަދި އަސްމާއްތަ ދެއްކި މި ނަމޫނާއާއި އެއްގޮތަށް އިންތިހާބުގައި ކެންޕެއިން ކުރެއްވި ހުރިހާ ބޭފުޅުންވެސް އަމަލު ކުރާނެ ކަމަށް އުންމީދު ކުރަމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން