ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުން ހޭލުންތެރިކުރުވުމަށް ހުޅުމާލޭ އަވައްޓެރި ފުލުހުން އިސްނަގައިގެން ސްކޭމް އެވެއާނަސް ރޯޑް ޝޯވ އެއް ކުރިޔަށް ގެންގޮސްފިއެވެ.

މި މަހު 4 އަދި 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ގިނައިން މީހުން އެއްވެއުޅޭ ސަރަހައްދުތަކުގައި މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމުގެ ތަފާތު އެކި މެސެޖުތައް ދީފައިވެއެވެ. އަދި މައުލޫމާތު ހިމެނޭ ބެޖު، ލީފްލެޓް، ކާޑު އަދި ފުލުހުންގެ ކަލަންޑަރު ހަދިޔާކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށް ވުމާއެކު މި ދުވަސްވަހު ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

ހުޅުމާލޭ ފޭސް 1 އަދި 2 ގެ އަވައްޓެރި ފުލުހުންނާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.