ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކްލަބް އަލް ނަސްރަށް ދާދިފަހުން ބަދަލުވި ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މި މޮނިއުމަންޓަލް ނުވަތަ މިތާރީހީ ފިޔަވަޅު ފާހަގަކުރުމަށް 780،000 ޑޮލަރުގެ އަގުހުރި ގަޑިއެއް ހަދިޔާކޮށްފި އެވެ.

މި ގަޑި ތައްޔާރުކޮށްފައި ވަނީ ފެހި ކުލައިގެ އެމަރަލްޑް އިން ކަމުގައި ބަލާބެލުމަށް ހީވިޔަސް، ހަގީގަތުގައި މި ގަޑި ހަދާފައިވަނީ 300 އަށް ވުރެ ގިނަ ސާވޯރައިޓް ހިލަ ބޭނުންކޮށްގެންނެވެ. މިހިލައަކާ ހުރިހާ ގާނެޓްތަކުގެ ތެރެއިން އެންމެ އަގުބޮޑު ގަލެވެ.

ސާވޮރައިޓްސް އަކީ އެމަރަލްޑްއަށް ވުރެ ގާތްގަނޑަކަށް 200 ގުނަ މަދުން ފެންނަ އެއްޗެއް ކަމަށާއި، މިއީ ވަރަށް ގިނަ ދުވަހަށް ދެމިިގެންދާ ހިލައެއްކަމަށް ބުނެވެއެވެ.

 މިހިތްގައިމު ގަޑިން ސައުދީ އަރަބިއްޔާގެ ސަގާފަތް ރަމްޒުކޮށްދޭއިރު، ގަޑިއާއި ގުޅޭގޮތަށް ފެހިލެދަރ ސްޓްރެޕް ވެސް އެކުލެވިގެންވެ އެވެ.

މި ތަފާތު، ގަޑި އޭނާ އަށް ހަދިޔާކޮށްފައިވަނީ ޖެކޮބް އެންޑް ކޯ އިންނެވެ. ލަގްޒަރީ ގަޑި އުފައްދާ މި ކުންފުނިން ކެވިއާ ފްލައިން ޓޫބިލޮން ކަސްޓަމްކޮށްލީ ރޮނާލްޑޯ އަށް ކަމަށާއި، އޭނާ ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާ އަށް ދިޔަ މަގުމަތީގައި އެ ގަޑި އަޅައިގެން ހުރިތަން ފެނުނު އިރު، އެގަޑި ނުވަތަ އެވައްތަރުގެ އެހެންގަޑިއެއް ވިއްކާކަން ނުހުނާނެކަމަށް އެކުންފުނިން ބުނެއެވެ.