ބުނެވޭގޮތުގައި 1920 ވަނަ އަހަރު އަލްވާރުގެ މަހާރާޖާ، މުއްސަނދި ޖައި ސިންގް ޕްރަބާކަރ، ލަންޑަނަށް ޒިޔާރަތްކޮށް، ، އާދައިގެ ހެދުމުގައި ލަންޑަންގައި ހިނގާލަން ނުކުމު އުޅުމުގެ ތެރޭގައި  ރޯލްސް ރޮއިސްގެ ޝޯރޫމެއް ކައިރިއަށް ދެވުމުން ސިންގް ނިންމީ އެތެރެއަށް ވަދެ ކާރުތައް ބަލާލުމަށެވެ. އޭނާ ރޯލްސް ރޮއިސް ކާރުތަކުގެ ސްޕެސިފިކޭޝަންތަކާއި އެ ކާރުތަކުގެ އަގުތަކާ ބެހޭ ގޮތުން މުވައްޒަފުންނާ ސުވާލުކުރިއެވެ. އާދައިގެ އިންޑިއާ މީހެކޭ އެއްފަދައިން ހެދުން އަޅާފައި ހުރުމުން މަހާރާޖާ ޓެސްޓް ޑްރައިވް ކުރުމަސް އެދުމުން ޝޯރޫމްގެ ސޭލްސްމަނުންވަނި އެކަމަށް އިންކާރުކޮށް ޝޯރޫމުން ބޭރަށް ނިކުތުމަށް ބުނެފައެވެ.

މިގޮތަށް ކަންތައްކުރުމުން ވަރަށް ބޮޑަށް ރަސްގެފާނު ކޯފާވިއެވެ. މަހާރާޖާ އެނބުރި އޭނާގެ ހޮޓަލަށް ގޮސް އިންޑިއާގެ ރަސްގެފާނުގެ ރަސްމީ ދަތުރުފުޅެއް ރޯލްސްރޮއިސް ޝޯރޫމަށް ހަމަޖައްސައިދިނުމަށް އެދުނެވެ. ރަސްމީ ހެދުމުގައި،  ގަހަނާތައް އަޅައިގެން ދިއުމުން މަހާރާޖާއަށް މަރުހަބާ ކިޔާފައިވަނީ ރެޑް ކާޕެޓެއް އަޅާ، އޭގެ ދެފަރާތުގައި މުވައްޒަފުން ތިބެގެން ރަސްގެފާނަށް އިޙްތިރާމް ކުރަމުންނެވެ.

ޖައި ސިންގް ވަނީ ޝޯރޫމްގައި ދެ ގަޑިއިރަށް ވުރެ ގިނައިރު ހޭދަކޮށް، ޝޯރޫމްގައި ދައްކާފައިވާ ހަ މޮޑެލް ވެސް ޓްރައިކޮށްފަ އެވެ. އާޚިރުގައި އޭނާ ވަނީ ޝޯރޫމްގައި ހުރި ހުރިހާ ކާރެއް ގަނެފައެވެ. އަދި އެކާރުތަކަށް ހުރިހާ ފައިސާ ވެސް ހަމަ އެވަގުތު ދެއްކިއިރު، ޑެލިވަރީގެ ހަރަދުގެ ފައިސާ ވެސް ހިމެނެ އެވެ. އެނބުރި އިންޑިއާއަށް ވަޑައިގަނެ ޖައި ސިންގް ޕްރަބާކާރު ވަނީ ނިއުދިއްލީގެ މުނިސިޕަލްޓީއަށް އެކާރުތައް ހަވާލިކޮށް ކުނި އުކާލުމަށް ބޭނުން ކުރުމަށް އަމުރުކޮށްފަ އެވެ. އެހެންކަމުން، މުޅިން އައު ރޯލްސްރޮއިސްގެ ހަމޮޑެލްއެއް ނިއުދިއްލީގެ މަގުތައް ކުނިކަހާ، އަދި ކުނިތައްއުކުމަށް ބޭނުންކުރިކަމަށް ބުނެވެއެވެ.

މިކަމުގެ ސަބބަުން ކުންފުނީގެ ކާރު ގަންނަަންދާ މީހުންވަނީ ތިއީ އިންޑިއާގައި މަގުކުނިކަހާ ކުނިއުފުލަން ބޭނުންކުރާ ކާރެއްކަމަށް ބުނެ މީހުންގެ ފާޑުކިއުން ރައްދުވެފައެވެ.އެހެންކަމުން ރޯލްސް ރޯއީ ކުންފުނިން ވަނީ އެމީހުންކަންތައްކުރި ގޮތާއި މެދު ދެރަވެ މަޢާފަށް އެދި ރަސްގެފާނަަށް ސިޓީ ފޮނުވާފައެވެ. އަދި ކާރުތައް އެގޮތަށް ބޭނުންނުކުރުމަށް އެ މީހުން އެދުމުން ރަސްގެފާނުވަނީ އެކަން ކޮށްދީފައެވެ.