މިޒަމާނުގައި ފެންސީ ކައިވެނީގެ ދައުވަތު ދިނުމަކީ ފަހަކަށް އައިސް ކުރާކަމެކެވެ.. ބައެއް ދައުވަތުތަކުގައި ލަގްޒަރީ ޗޮކްލެޓްތަކާއި ކުކީސް އާއި އެކު ޕާސަނަލައިޒްޑް ކާޑުތައް ހިމެނޭއިރު، އަނެއްބައި ދައުވަތުތަކުގައި ތިމާވެއްޓާއި ރައްޓެހި ބަޔޯޑިގްރޭޑަބަލް ކާޑުތައް ހުރެއެވެ. ނަމަވެސް މިފަހަރު  ރިސާޗް ޕޭޕަރަކަށް ވުރެ ކުޑަ ނޫން ގޮތަކަށް ފެންނަ ޔުނިކް ވެޑިން ކާޑެއް ސޯޝަލް މީޑިއާގައި ވައިރަލް ވަމުން އެބަދެއެވެ. "އަދިވެސް ގަބޫލެއް ނުކުރެވޭ މިއީ ކައިވެނީގެ ދައުވަތު ކާޑެއް ކަމަށް،" ބަންގްލަދޭޝް ދެމަފިރިންގެ ކައިވެނީގެ ދައުވަތުގެ ފޮޓޯއެއް ހިއްސާ ކުރަމުން އެކްސް (ކުރިން ޓްވިޓާ) ޔޫޒަރަކު ލިޔެފައިވެ އެވެ.

ރިސާޗް ޕޭޕަރެއް ފަދައިން ފެންނަ މި ޔުނިކް ކާޑަކީ ސަންޖަނާ ތަބައްސަމް ސްނެހާ އާއި މަހުޖީބު ހުސައިން އިމޯންގެ ކާޑެކެވެ. ކާޑުގެ ސުރުޚީގައި ދެމަފިރިންގެ ނަންތައް ހިމަނާފައި ވާއިރު، ކައިވެނީގެ ތަން ވެސް ހިމަނާފައިވެ އެވެ. އަދި ކައިވެނީގެ މުހިންމުކަން ބަޔާންކޮށްދޭ އެބްސްޓްރެކްޓެއް ވެސް ހިމެނެ އެވެ.

މި ކާޑުގައި ދެމަފިރިން އެންމެ ފުރަތަމަ ބައްދަލުވި ތަނާ ގުރުއާނުގެ އާޔަތްތައް އިންޓަގްރޭޓްކޮށްފައިވާ ތައާރަފާއި، ކައިވެނީގެ ކަންތައްތަކުގެ ތަފްސީލުތައް ބަޔާންކޮށްފައިވާ މެތޮޑޮލޮޖީއަކާއި، ނިންމުމެއް ވެސް ހިމެނެ އެވެ. އަދި ޤުރުއާނުގެ އާޔަތްތައް ނެގި ސޫރަތްތަކަށް ވެސް އިޝާރާތްކޮށްފައިވެ އެވެ

ކައިވެނީގެ ދައުވަތު ކާޑުގެ ތަސްވީރު މީގެ ދެތިން ދުވަސް ކުރިން އެކްސް ގައި ހިއްސާކޮށްފައިވާއިރު، އޭގައި 3.3 މިލިއަނަށް ވުރެ ގިނަ ވިއުސް އާއި 69،000 އަށް ވުރެ ގިނަ ލައިކްސް އަދި ބައެއް ކޮމެންޓްތައް ވަނީ ލިބިފައެވެ.