މިއީ ޣައްޒާގެ ކުޑަކުއްޖެއް ކަމަށްވާ އުމުރުން އެއްމެ 15 އަހަރުގެ ހުޝާމް އަލް އައްތާ ގެ ވާހަކައެވެ. އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ހަމަލާތަކުގައި ހުޝާމް ގެ ތައުލީމީ ހަޔާތް އެއްކޮށް ބަނަވެ އަނދިރިވިއެވެ. އެހެނަސް މިއީ މޮޅު ދަރިވަރެކެވެ.

ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދަނީ ސާފު ބޯ ފެންފޮދެއް ނެތިއެވެ. ބޯހިޔާވަހިކަމެއް ނެތިއެވެ. ކަރަންޓެއް ނެތިއެވެ. ރޭވެ އަނދިރި ވެއްޖެނަމަ އަނދިރިކަމުގެ ނާމާންކަމުގެ ތެރޭގައެވެ. ކުދި ކުދި މައުސޫމު އެތައް ކުދިންނެއް ދަނީ މިހާލަތު ބަރުދާސްތު ކުރަމުންނެވެ. ހުޝާމް އަކީވެސް މިފަފަ ހިތްދަތިކަމަކާއި މާޔޫސްކަމެއް ބަރުދާސްތު ކުރަމުން އަންނަ ކުއްޖެކެވެ.

"ނިއުޓަން އޮފް ޣައްޒާ" ގެ ނަމުން ހުޝާމަށް މުހާތަބުކޮށް ހަދަނީ އޭނާގެ މި އުފެއްދުމުގެ ސަބަބުންނެވެ. އުމުރުން އެއްމެ 15 އަހަރުގައި ހުޝާމް އުޅެމުން އެދާ ޖިފުޓިގަނޑުގައި ރޭގަނޑުގެ އަނދިރި ކަމުގެ ތެރޭގައި އަލިކަމެއް އުފެއްދުމުންނެވެ. ވީރާނަވެފައިވާ އިމާރާތްތަކުގެ ތެރެއިން ހަލާކުވެފައިވާ އެކި އެކި ބައިތައް އެއްކޮށް އޭނާ ފަރުމާކުރި މި ނިޒާމުން އޭނާ ދިރިއުޅޭ ޖިފުޓިގަނޑުގައި މިހާރު ރޭގަނޑަށް ބޮތްކެއް ދިއްލެއެވެ. ވައިން އެނބުރޭ ބުރަފައްޗެއް ގޮތަށް ފަރުމާކޮށްފައިވާ މޯޓަރަކުން އުފައްދާ މި ކަރަންޓު، ކާރެއްގެ ބެޓެރިއަކަށް ރައްކާކުރެވޭގޮތް އޭނާ ވަނީ ފަރުމާކޮށްފައެވެ. އަދި އެ ބެޓެރިން އެ ކަރަންޓު ނަގާ ބޭނުން ކުރެވޭ ގޮތް ވެސް ވަނީ ހަދާފައެވެ. އުމުރުން އެއްމެ 15 އަހަރުގައި އޭނާ އުފެއްދި މި އުފެއްދުމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައި ވާ އިރު، އަލް-ޖަޒީރާ ނޫހުގައިވެސް ހުޝާމުގެ މި ވާހަކަ ވަނީ ޝާއިއުކޮށްފައެވެ.

ހުޝާމް ބުނާ ގޮތުގައި އޭނާ އެކަން ކުރީ އެ ޖިފުޓިގަނޑުގައި އުޅޭ އޭނާގެ އާއިލާގެ މީހުންގެ ތެރޭގައި އޭނާގެ ބޭބެގެ އެއްމާނޑު ދެކުދިން ތިބޭ އިރު، ރޭގަނޑަށް އެކުދިން ނިދިން ހޭލެވިއްޖެނަމަ، އަލިކަމެއް ނެތުމުން އެ އަނދިރިކަމުގައި އެކުދިން ރޮއެ، ނުނިދާ ނުވަތަ ނިދަން އުނދަގޫވެ އެ ބިރުވެރިކަމުގައި އެކުދިން އުޅޭތީ، އެކަމުން އެ ކުދިންނަށް ލުޔެއް ހޯދައި ދިނުމަށެވެ. ހުޝާމް ގެ އެދުމަކީ ހަނގުރާމަ ހުއްޓާލާ، އަމާންކަމާއެކު ދިރިއުޅެވޭނޭ މަގެއް ފެނުމެވެ. އަދި ހުޝާމް ގެ ކިޔެވުން ކުރިއަށް ގެންގޮސް، އޭނާގެ މައިންބަފައިން ފަހުރުވެރިވާފަދަ މޮޅު ދަރިއެއް ކަމުގައި ވުމެވެ.

މިފަދަ އެތައް ފޮނި އުންމީދަކާއި ހުވަފެންތަކެއް ދުއް އެތައް މައުސޫމު ކުދިންނެއް، އިސްރާއީލުގެ ނުލަފާ ހަނގުރާމަވެރިންގެ ޝިކާރައަކަށްވެ މި ދުނިޔެއާއި ވަނީ އަލްވަދާއު ކިޔާފައެވެ. މި ނުބައި ނުލަފާ ޔަހޫދީންގެ ބާރު ކަނޑުވާލާ، އެބައިމީހުން ނެތިކުރައްވާ، ޣައްޒާގެ ބިމަށް އަމާންކަން މިންވަރު ކުރައްވާށިއެވެ!