ނ. ވެލިދޫ ޖޫނިއަރ ކޮލެޖް ހެދުމުގެ މަޝްރޫޢުގެ ދަށުން، ފައުންޑޭޝަން އަދި ބީމް ކޮންކްރީޓް މަސައްކަތްތައް ފެށިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އަދި ސައިޓް ކްލިއަރ ކުރުމާއި އެކްސްކަވޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަޙައްދެއްގައި އެއް ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ހިމެނޭ. އަދި މި އިމާރާތުގައި، 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއަކާއި ވޯރކްޝޮޕެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ. 

މިއީ 11.91 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.