ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކައިލާން ޓްރެންޑްސް އަހަރީ ސޭލް މިއަދު ފަށައިފިއެވެ.

ކައިލާން ޓްރެންޑްސް ހުޅުވިފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ބޮޑު ސޭލް މި އަހަރު ވެސް ކުރިއަށްދާނީ %50 ގެ ބޮޑު ޑިސްކައުންޓަކާއެކު އެވެ.

މި ޑިސެންބަރު މަހުގެ 5 އިން 9 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 13:30  އިން އަސުރުވަގުތާއި ހަމައަށް ، ހަވީރު 16:00 އިން 18:00 އަށް އަދި  ރޭގަނޑު 20:15 އިން 23:00 އާ ހަމައަށް މި ސޭލް ކުރިއަށްދާނެ އެވެ.

އާއިލާ މެމްބަރުންނާއި އެކުވެރީންގެ އިތުރުން ލޯބިވާ މީހުންނަށް އާއަހަރުގެ ހަދިޔާ ދިނުމަށް މިއީ ރަނުގެ ފުރުސަތެކެވެ. 

ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލްގައި ކައިލާން އިން ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކާ ވަރަށް ގިނަ މުދާ ލިބިލައްވާނެ އެވެ.

އަދި އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން ސްޓޮކް ހުސްވަންދެން ހުރިހާ މުދަލެއްވެސް ލިބިލައްވާނެ އެވެ.

ކައިލާން ޓްރެންޑްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ “ކައިލާން” ފިހާރައިގެ ސަބް ބްރާންޗެކެވެ. އެ ކުންފުނިން އިންޓަނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑުތައް ހޯލްސޭލް އަދި ރީޓެއިލް ކުރެއެވެ.

މީގެ އިތުރުން ކައިލާން ޓްރެންޑްސް އިން ސެންޓާއި ކޮސްމެޓިކްސްގެ އެކި ބާވަތްތަކުގެ އިތުރުން އެހެނިހެން ސާމާނުވެސް މިވަނީ މިޚާއްސަ ޕްރޮމޯޝަންގައި ހިމަނާފައެވެ. ކައިލާން ޓްރެންޑްސް ގައި ވިއްކާ ހުރިހާ ތަކެތިންވެސް ޑިސްކައުންޓް ލިބޭނެއެވެ. އެހެންކަމުން މިފުރުސަތަކީ ކަސްޓަމަރުން ބޭނުން ވަރަކަށް ކައިލާން އިން ބާޒާރުކޮށްލުމަށް ފަހުވެސް ބޮޑުއެއްޗެއް ރައްކާކޮށްލެވޭނެ ފުރުސަތެކެވެ. 

މިސޭލްއާއި ގުޅޭ ގޮތުން އިތުރުމައުލޫމާތެއް ބޭނުންފުޅު ވެލައްވާނަމަ  3307663 ނުވަތަ 9589170 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކޮށްލެވޭނެއެވެ.