މޮޑާން ޕޯޓް މެނޭޖްމަންޓް ކޯހުގެ ތިންވަނަ ބުރުގެ ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

މި ރަސްމިއްޔާތު އޮތީ މި ޖުލައި މަހުގެ 21 ވަނަ ދުވަހު އެމްޕީއެލްގެ ހެޑް އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ، މުޙައްމަދު ވަޖީހު އިބްރާހިމް އާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރު، އަހުމަދު ޝަރީފްގެ އިތުރުން ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން، އަހުމަދު އަޝްފާން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) އިން ބާއްވަމުން އަންނަ މޮޑާން ޕޯޓް މެނޭޖްމަންޓް ކޯހަކީ 18 މަސްދުވަހުގެ މުއްދަތަށް ހިންގަމުން އަންނަ ކޯހެކެވެ.

މި ކޯހުގެ ފުރަތަމަ މޮޑިއުލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑައިރެކްޓަރ، ޖޯ ހައިނޭ އާއި ޔޫއެންސީޓީއޭޑީގެ އިންފޮމޭޝަން ސިސްޓަމްސް އޮފިސަރ، ތޯމަސް ކުލަގާ އެވެ.

މި ކޯހުގެ ބައިވެރިންގެ ތެރޭގައި، އެމްޕީއެލް އާއި އެމްއެސްއެސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ހިމެނެއެވެ.