ދ. ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މަގުތަކުގެ މަސައްކަތުގެ އަދާހަމަ އާރްޑީސީ އިން މިއަދު އާއްމުކޮށްފިއެވެ.

އާރްޑީސީ އިން ބުނީ، ކުޑަހުވަދޫގައި މިވަގުތު ކުރަމުންދަނީ، އުސްގަނޑު މަގު އަދި ޓަލްކީ މަގުގައި ޑީވޯޓަރިންގ ހޮޅި އެޅުމަށް ކޮނުމުގެ މަސައްކަތާއި، ކާސިންޖީ މަގުގައި މަގު ބައްތި ކޭބަލް އެޅުމުގެ މަސައްކަތް ކަމަށެވެ.

ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 2021 ވަނަ އަހަރު އާރްޑީސީއާ ހަވާލުކުރެވުނު މަސައްކަތެކެވެ.

މިއީ 122.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.