އުރީދޫ މޯލްޑިވްސް އިން އެންމެ ފަހުގެ އައިފޯން ޕްރީ އޯޑަރ އަށް 20 ސެޕްޓެމްބަރ 2024 ގެ 00:00 މިނެޓުން ފެށިގެން ހުޅުވާލާނެއެވެ. 

އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަކީ މުޅިން އާ އޭ18 ޗިޕް ހިމަނައިގެން، ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އިތުރަށް ރަގަޅުކުރެވިފައިވާ މޮޑެލް ތަކެކެވެ.

އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އޭ18 ޕްރޯ ޗިޕް ގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ މޮޑެލްއެކެވެ.

ކަސްޓަމަރުންނަށް އައިފޯން 16 ގެ މޮޑެލްތަކަށް 20 ސެޕްޓެމްބަރ 2024 ގެ 00:00އިން ފެށިގެން ޕްރީ އޯޑަރު ކުރެވޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް: 

https://discover.ooredoo.mv/iphone16