މިއަހަރު އެލް ސަލްވަޑޯގައި ބޭއްވި 72 ވަނަ މިސް ޔުނިވަރސް އެޑިޝަންގައި މިސް ޔުނިވާސް 2023 ގެ ތާޖު  ނިކަރާގޫއާގެ ޝެއިނިސް ޕަލަސިއޯސް އަށް ލިބިއްޖެ އެވެ.އުމުރުން 23 އަހަރުގެ ޕަލަސިއޯސް އަށް ތާޖާއި ސޭޝް ލިބުނީ އޭނާގެ ކުރިން މިސްޔުނިވަރސްގެ ތާޖު ކާމިޔާބްކުރި އެމެރިކާގެ އާރް ބޮނީ ގެބްރިއަލް އަތުންނެވެ.

މިއީ ނިކަރާގޫއާގެ ވާދަވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށާއި، ތައިލެންޑްގެ އެންޓޯނިއާ ޕޯސިލްޑް އާއި އޮސްޓްރޭލިއާގެ މޮރާޔާ ވިލްސަން ވަނީ ގަދަ ތިނެއް ގައި ހިމެނިފައެވެ.

ހިތްތިރިވުމާއި ޝުކުރުވެރިވުމަކީ އޭނާގެ މައިގަނޑު ސިފަތަކެއް ކަމަށް ދެކޭ ޕަލަސިއޯސް ކާމިޔާބު ހޯދީ ސްވިމްވެއަރ ، ހަވީރު ގައުންއާއި ސަގާފީ ހެދުންތަކުގައި ޕޯޒް ކުރުން ހިމެނޭ ހަފްތާއެއްހާ ދުވަހުގެ މުބާރާތްތަކުގައި ބައިވެރިވި 84 ބައިވެރިނަށް ވާދަކޮށްގެންނެވެ. 

ޖޫރީންނަށް ދެއްވި އެންމެ ފަހުގެ ޖަވާބުގައި ޕަލަސިއޯސް ވަނީ އަންހެނުންނަށް "ކޮންމެ ދާއިރާއެއްގައި ވެސް މަސައްކަތް" ކުރެވޭނެ ގޮތަށް ޖިންސަށް ބެލުމެއް ނެތި ހަމަހަމަ މުސާރަ ދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.

އެލް ސަލްވަޑޯގެ ރައީސް ނައިބު ބުކެލޭ ބައިވެރިވެވަޑައިގެންނެވި މި ގާލާގެ އިންތިޒާމް ކުރާ ފަރާތްތަކުން ވެސް ވަނީ ދެން ބާއްވާ އެޑިޝަން މެކްސިކޯގައި ބާއްވާނެ ކަމަށް އިއުލާންކޮށްފަ އެވެ.