ބޭނުންވާނެ ތަކެތި:

3 ޖޯޑު ބަނބުކެޔޮ ( ކުދިކޮށް ކޮށާފައި)

2  ޖޯޑު ހަކުރު

1/2 ޖޯޑު މާފެން

1 ރާނބާފަތް (2 އިންޗި ދިގުމިނަށް ބުރިކޮށްފައި)

4 ޖޯޑު ފެން

1/2 ޖޯޑު ބޯކިރު

 

ތައްޔާރުކުރާނެ ގޮތް:-

ބޮޑު ތެއްޔެއްގައި ފެނާއި ބަނބުކެޔޮ އަޅައިގެން ބަނބުކެޔޮ މަޑުވަންދެން ކައްކާށެވެ. ބަނބުކެޔޮ މަޑުވުމުން ވަކި ތެއްޔެއްގައި ހަކުރާއި ބަނބުކެޔޮ އަދި ރާނބާފަތް އަޅައިގެން މަޑު ގިނީގައި ކައްކާށެވެ. މިގޮތަށް ކައްކާއިރު ދޭފަތުން ހަލަމުން ގެންދާށެވެ. ރަންމުށި ކުލަ އަރަން ދެން ކެއްކުމަށް ފަހު ބޯކިރު އަދި މާފެން އެޅުމަށްފަހު 3 މިނެޓް ވަންދެން މަޑުގިނީގައި ކައްކާލުމަށްފަހު އުނދުން ނިއްވާލާށެވެ.

 

*ބަނބުކެޔޮ ބޮނޑިބަތަކީ ކޮންމެ މުނާސަބަތަކާއި ގުޅިގެންވެސް ދިވެހިން ބޭނުންކޮށް އުޅޭ ވަރަށް މީރު ފޮނި އެއްޗެކެވެ.