ބޭނުންވާނެ ތަކެތި:

 • 2 ބީޓްރޫޓް (ފެނު ކައްކާފައި އަދި ކޮށާފައި)

 • 50 ގުރާމް ޕާރސްލީ ފަތް

 • 2 ލޮނުމެދު (ގާނާފައި)

 • 2 ސައިސަމުސާ އެޕަލް ސިޑަރ ވިނެގާރ

 • 3 ސައިސަމުސާ އޮލިވް އޮއިލް

 • 3 ސައިސަމުސާ ލިބޯ ހުތް

 • ލޮނު

 

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބޯތަށްޓެއްގައި އޮލިވް އޮއިލް، ވިނެގާރ، ލޮނުމެދު، ޕާރސްލީ، ލިނބޯ ހުތް އަދި ލޮނު އެއްކޮށްލާށެވެ. އެއަށްފަހު ބީޓްރޫޓް އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. އޭގެ މައްޗަށް ކޮށާލާފައި ހުރި ވޯލްނަޓް އެޅުމުން ވަރަށް މީރު ވާނެއެވެ.

 

*މި ސަޓަނި ފިހުނު ކުކުޅު ނޫނީ ފިހުނު މަހާއިއެކުގައި ކާލަން ވަރަށް ކަމުދާނެއެވެ. ބީޓްރޫޓަކީ ވަރަށް ގިނަ ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ ތަރުކާރީއެކެވެ.