ބޭނުންވާ ތަކެތި:

5 ޖޯޑު ހޫނު ފެން

6 އިންޗި ފޮނިތޮށި

2 ޕެކެޓް ސައިފަތް

2 ސައިސަމުސާ މާމުއި

1 އޮރެންޖު (ކޮށާފައި)

1 އާފަލު (ކޮށާފައި)

1/2 ޖޯޑު މިންޓު ފަތް

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، އާފަލު، އޮރެންޖު، ފޮނިތޮށި އަދި މިންޓު ފަތް ބޮޑު ޖަގަކަށް އަޅާފައި އޭގެތެރެއަށް ހޫނު ފެނާއި ސައި ފަތް އަދި މާމުއި އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު 5 މިނެޓް ބެހެއްޓުމުން މި ސައި ތައްޔާރުވީއެވެ. 

 

* އެކި ވައްތަރުގެ ސަޔަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބުއިމެކެއެވެ. ފިނި ބުއިމެއް ގޮތުގައި އާއި ވިއްސާރަ ދުވަސްވަރު ހޫނު ބުއިމެއްގެ ގޮތުގައި ވެސް މި ސައި ބޭނުން ކޮށްލެވޭނެއެވެ.