ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿91﴾ إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ ۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ
މާނައީ: "ހަމަކަށަވަރުން، كافر ވެ، އަދި كافر ން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން فدية ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން قبول ނުކުރައްވާހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ. އަދި، އެއުރެންނަށް نصر ދޭނޭ އެއްވެސްބަޔަކު ނުވެއެވެ." (އަލް އިމްރާން 91 ވަނަ އާޔަތް)
އާދޭހެވެ! މި ޙަޔާތަކީ އަހަރެމެންނަށް ސުވަރުގެ ކާމިޔާބުކޮށް ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށް އޮތް ހަމައެކަނި ފުރުޞަތެވެ. ސަބަބަކީ ކާފިރުކަމުގައި މީހަކު މަރުވެއްޖެނަމަ، އެމީހަކަށް އެނބުރި މިދުނިޔޭއަށް، އީމާންވުމަށް އައުމުގެ އިތުރު ފުރުޞަތެއް ނުލިބޭނެތީއެވެ. ޤިޔާމަތް ދުވަހު ކާފަރުންނަށް ވާން އުޅޭ ކަންކަމާ ބެހޭގޮތުން މާތްالله ޤުރުއާނުގައި ވިދާޅުވެފައިވާ ފަދައިންނެވެ.
މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿27﴾ وَلَوْ تَرَىٰ إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلَا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ
މާނައީ: "އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ދޮގެއް ނުކުރާނޫއެވެ. އަދި إيمان ވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ." (އަލް އަންޢާމް 27 ވަނަ އާޔަތް)
މި ދެވަނަ ފުރުސަތު އޮތީ ކޮން ބަޔަކަށް ހެއްޔެވެ؟ ހަމަ ހިލާ އެކަކަށްވެސް އެ ފުރުސަތެއް ނުލިބޭނެއެވެ. ކާފަރުން، ޤިޔާމަތްދުވަހު އުޅޭނޭ ގޮތާއި ބުނާނޭ އެއްޗެހި ވަރަށްވެސް ސާފެވެ. މިއީ އަަހަރެމެން އަމިއްލަ އަށް ސިފަކުރި ކަންކަމެއް ނޫނެވެ. މިއީ ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ ކަންކަމެވެ. މިކަންކަން ދޮގު ކުރެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. ވިސްނާށެވެ! ވިސްނައިފި ބަޔަކަށް އެތައް އިބުރަތްތަކެއް ވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން