މަޝްހޫރު ސޯޝަލް މީޑިއާ ކުކިން އިންފުލުއެންސާ އަބީރު އަލް ސަގިރް ގެ މި ވީޑިއޯ އަށް އެތަކެއް ދިވެހިންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
އަބީރު އަކީ ދުނިޔޭގެ އެކި އެކި ގައުމުތަކުގެ ސަގާފީ ކެއުންތަކާއި އަމިއްލަ ކެއްކުން ތައް ކައްކާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާ ފަރާތެއްކަން ވެސް ފާހަގަ ކޮއްލެވެއެވެ.
އަބީރު ގެ މި ވީޑިއޯ އަށް ދިވެހިން ގެ ސަމާލުކަން ހުއްޓިފައި މިވަނީ ސަބަބެއް ނެތި އެއް ނޫނެކެވެ. މި ކުޑަކުޑަ ދިވެހި ރާއްޖޭގެ ސަގާފީ ކެއުމެއް ކަމުގައި ވާ ގަރުދިޔަ އާއި ބަތް ކައްކައި އެ ވީޑިއޯގައި ދިވެހި ރާއްޖޭގެ ގައުމީ ދިދަ ބޭނުން ކުރާތީއެވެ. އަބީރު މި ކުރު ވީޑިއޯ ކޮޅު އޭނާގެ ޔޫޓިއުބް، ފޭސްބުކް އަދި ޓިކްޓޮކް އެކައުންޓްގައި ވެސް ހިއްސާ ކޮއްފައި ވެއެވެ.
ޓިކްޓޮކްގެ ކޮމެންޓް ބައިގައި ގިނަ ދިވެހިން އަބީރުއަށް ޝުކުރު އަދާކޮށްފައި ވެސް ވެއެވެ. ކޮންމެ އަކަސް އަބީރުގެ މި ވީޑިއޯ އާއި އެކު އެތަކެއް ދިވެހިންނެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައިފިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން