ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމައިގެ ނިމުން ފާހަގަ ކުރުމަށް މިއަދު ސައުދީ އަރޭބިއާގެ ޖިއްދާގެ ސަހަރާއެއްގައި ކުރިއަށްދިޔަ ހަފްލާއަކަށް ބޮމުގެ ހަމަލާއެއް ދީފިއެވެ. ފްރާންސް ގެ ފޮރިން މިނިސްޓްރީއިން ހާމަކުރި ގޮތުގައި މިހަފްލާގައި ޔޫރަޕްގެ އެކި ޑިޕްލޮމޭޓުން ވަނީ ބައިވެރިވެފައެވެ. އެމިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި އެގައުމުގައި ކާފަރުން ވަޅުލާފައިވާ ސަހަރާއެއްގައި ކޮންމެ އަހަރަކުވެސް މިހަފްލާ ބާއްވާ ކަމަށާއި، މިއަދުގެ ހަމަލާ ދީފައިވަނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ ) ބޭޏުންކޯށްގެން ކަމަށެވެ.
ފްރާންސްއިން ބުނެފައިވާގޮތުގައި މިއީ ފިނޑި އަމަލެއްކަމަށާއި މިއަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ. މިހާދިސާ ހިނގިކަން ކަށަވަރު ކޮށްދިނީ އެތަނުގައި ހާޒިރުވެހުރި ގްރީސް އަށް ނިސްބަތްވާ މީހެކެވެ. އެމީހާގެ ނަންހާމައެއް ނުކުރެއެވެ. މިހާދިސާގައި 4 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ. ފްރާންސްއިން ވަނީ ސައުދީގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ކީރިތި ރަސޫލާގެ ކުރެހުމެއް ކުރަހައިގެން މަރާލެވުނު ސްކޫލް ޓީޗަރުގެ މައްސަލައިގައި ފްރާނސްގެ ރައީސް އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ގުޅިގެން އިސްލާމީ ގައުމުތަކުން ވަނީ ފްރާންސްގެ އުފެއްދުންތައް ވިއްކުން ހުއްޓާލާފައެވެ. ފްރާންސް އިން އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ކުރި ހަޑިމުޑުދާރު އަމަލާއި ގުޅިގެން މުސްލިމް ގައުމުތަކުން ވަނީ ފްރާންސް އަށް ފާދުކިއުންތައް ރައްދުކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން