2022-2023 ވަނަ އަހަރު ގުރޭޑް 12 ނިންމާ، މަތީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ މަޤާމް 16 ދަރިވަރުން ހޯދައިފިއެވެ. 

އެއްވަނައިގައި ހިމެނުނު ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ހަ ދަރިވަރުންނާއި ސީއެޗްއެސްއީގެ ހަ ދަރިވަރުންނާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރުން ހިމެނެއެވެ.

2021-2022 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނީ 17 ދަރިވަރުން ހިމެނުނުއިރު، 2022 ވަނަ އަހަރަށް ބަލާއިރު، ސީއެޗްއެސްއީގެ 10 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނެވެ. އަދި އަޙްމަދިއްޔާގެ ތިން ދަރިވަރުންނާއި ވިލާ ހައި ސްކޫލުގެ ދަރިވަރަކު ވެސް ހިމެނުނެވެ.

ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި ދަރިވަރުންގެ ލިސްޓުގައި ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުން ހިމެނެނީ އަޙްމަދު ޒާހު ވަދީފު، އައިޝަތު ޖަނާން އަޙްމަދު، އައިޝަތު ލީސާ ސައީދު، މައިހާ ހަސަން މުޙައްމަދު، ރަޔާން އަޙްމަދު އަލީ އަދި ތީބާ އަލީ ޝަފީޢު އެވެ.

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަނުން އަބްދުﷲ ޒަޔާން ޒުހުރީ އާއި އަލީ ސަޢުދާން ޝާހީން އާއި ޙަސަން ބަނީން ސަރޫފު އާއި މުޙައްމަދު އަބާން އަދި މުޙައްމަދު ލޫޠު އިބްރާހިމް ޒިޔާއު އާއި މުޙައްމަދު ޝާމިޚް ޝަފީޤު ހިމެނެއެވެ.

މީގެ އިތުރުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ހިމެނެނީ އަބްދުﷲ ފިރުޒާން އަޙްމަދު، ލަޔާން މުޙައްމަދު ރަޝީދު، ރަޒާން އިބްރާހިމް ރަޝީދު އަދި ޔުމްނު ޔަމާން އަލީ އެވެ.

މަތީ ސާނަވީން ދަރިވަރުން ހޯދަމުންދާ ނަތީޖާ ފާއިތުވި އަހަރުތަކުގައި ރަނގަޅުވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.