މިހާރު މުޅި މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުން، ތަންތަނުން ފެންނަނީ، "ލިބޭ" ޖަހާފައިވާ ޕޯސްޓަރުތަކެވެ.

އެ ޕޯސްޓަރުގައި، ރަތް ކުލައިގެ ކަރުދާހުގައި ހުދު ކުލައިން ލިޔެފައި އޮތީ "ލިބޭ" އެވެ.

އަނެއްކާ މިއުޅެނީ ކޮން އެއްޗެއް، ކޮން އިރަކު، ކޮން ބަޔަކަށް ލިބެން ބާ އެވެ؟ މިއީ ގިނަ ބަޔަކު ހިތާހިތުން ވެސް އަދި، މަގުމަތިންދާއިރު އެ ޕޯސްޓަރުތައް ފެނުމުން ކުރަމުން އަންނަ ސުވާލުތަކެވެ.

ހަމަ ޔަގީނުންވެސް ކޮންމެވެސް އެއްޗެއް ލިބެން އެބަ އުޅެއެވެ. ފަހަރުގައި އަތުން ހޭދައެއް ނުކޮށްވެސް އެ ލިބެން އުޅޭ އެއްޗެއް ލިބިދާނެ އެވެ.

މިހާތަނަށްއައިއިރު "ލިބޭ" ޖަހާފައިމިވާ ޕޯސްޓަރުތަކުން މި ދޭހަވަނީ ކޮން ވާހަކައެއް ކަމެއް ނުވަތަ އޭގެ އެއްވެސް ތަފްޞީލެއް ނުލިބެއެވެ.

އާހިރުގައި މިކަމުގެ ތަފްޞީލުތައް އެނގިގެންދާއިރު ނުހަނު ބޮޑު ފައިދާއެއް "ލިބޭ" ކަމަކަށް ވުން ވަރަށް ގާތެވެ.

އެހެންކަމުން، މިކަމުގެ އެންމެ ރަނގަޅު ގޮތަކީ ނުވަތަ ބުއްދިވެރި ގޮތަކީ އިންތިޒާރުކޮށްލުން ކަމަށް ވެދާނެ އެވެ.