ކޮންމެ އިންސާނެއްމެ ﷲ އުފައްދަފައިވަނީ އިޙްސާސްތަކާ އެކުގައެވެ. އަދި އަހަރުމެންގެ އަމިއްލަ ނަފުސު އޭގެމަތިން ހަދާންކޮށްލާލެއް ވެސް މަދެވެ. ޖަޒުބާތުގެ ހުޅުކޮޅުގައި އަހަރުމެން އެ އަންދާލަ އަންދާލަ ހުންނަމުއެވެ. އެތަކެއް އުފާތަކެއް މަޙްރޫމުކޮށްލާ އެހުޅުކޮޅުގެ އަވައިގާ ޖެހިގެން މުސާފިރެއްހެން ދިރިއުޅުން ކަޑަށްތުކުރަމެވެ. ނަފުސު އެހޫނުކަންމަތީ ބެހެއްޓުމަށްފަހު އެތަކެއް ކުށެއް އަމިއްލަ ޖިސްމަށް އަދި ވަށައިގެންވާ ލޯބިވާ މީހުންނަށް އޭގެ އުދަގުލާ ކުރިމަތި ލާ ހަގުރާމައަކަށް ގެންދެއެވެ. ޖަޒުބާތުގެ ހުޅުކޮޅު ނިވާލާ އަދި އޭގެ ބާރު މީހެއްގެ މުށައްގެންނާނީ ކިހިނަކުންހެއްޔެވެ؟ އެއީވެސް ހުނަރެކެ އަދި އަމަލު އޭގައިވެއެވެ.
ދިރިއުޅުން އާރާސްތު ކުރަމުންދާ އިރު ދިމާވާ މާޔޫސްކަން ނޫނީ ހިތްހަމަ ނުޖެހޭ ކަންކަން ކުޑައިރުއްސުރެ އަހަރުމެންގެ ސިކުޑީގައި ހަރުލާފަވެއެވެ. މިހެން މިބުނީ ހިތާމަ ވެރި އަދި އުފާވެރި ކަމެއް ހަދާނުގައި ހުންނާނީ އެތަޖުރިބާ ސިކުޑިއަށް ކުރެވުނުގޮތަށެވެ. ބިރުވެރިކަން އެއައިހާލަތެއް ދެވަނަ ފަހަރައް ސިކުޑި ތަޖުރިބާ ކުރާކަށް ބޭނުމެއް ނުވާނެއެވެ. މީހާ ހާސްކޮށްލާ އަދި ކަންބޮޑުކޮށްލައެވެ. އެކިމީހުން ކަންކަމާ ކުރިމަތިލާ އިރު ޖަޒުބާތު ތަފާތެވެ. އެއީ ޡަބީޢީ ގޮތުން އެމީހެއްގެ ސިކުޑި ފަރުމާވެފައިންނަގޮތަކުންނެވެ. އެހެނަސް ބިރުވެރިކަން ހިތު ތެރެއަށް ވަންނަވަރާއި އޭގެ އިޙްސާސް ގައިމުވެސް އިގިގެންދާނީ ތިމާމީހާ އަށެވެ. އެކަމަކު ބައެއް ޖަޒުބާތުތައް އޭގެ އަސަރު ބައެއްފަހަރު ލަހުންވެސްވެއެވެ. އެހެނީ މީ ޡަބީޢީ ކަމެކެވެ.
މިކަންކަމުން އަރާގަނެވޭނެ އެންމެ ފަސޭހަގޮތަކީ އެކަމަށް މީހާ ފުރަތަމަވެސް ހޭލުންތެރިވުމެވެ. އަދި ތިމާމީހާގެ ބުއްދީގެ ވަސީލަތްތަ ބޭނުންކުރުމެވެ. ޖަޒުބާތު ސިކުޑިތެރޭ އުޅެލަން ޖާގަދޭށެވެ. ހަމަހިމޭނުން ފުންނޭވާ ލާންފަށާށެވެ. އެއުދަގުކުރާ ޖަޒުބާތުގެ ހުޅުކޮޅާ ދިމާލަށް ބަލާލާށެވެ. އެއާ ރައްޓެހިކަމެއް ބާއްވާށެވެ. އަހަރުމެންގެ ޖަޒުބާތަކީ ލޮލަށް ފެންނާނެ އެއްޗެއްނޫންވީމާ މިގޮތައް މިލިޔެލަނީ ކިޔާފަރާތް ތަކަށް ހިތަށް ނަގައި ގަންނަން ފަސޭހައަކަށެވެ. ދެން ވިސްނުމުގެ ނަޒަކުން އެހުޅުކޮޅަށް ސަބަބުތަކެއް ނޫނީ ގިނަ ނަޒަރުތަކެއް ދޭށެވެ. ކަންކަން ތަހައްމަލު ކުރެވޭނެ ގޮތްތަކެވެ.މިސާލަކަށް މިކަމުގެ އިލްމީ މާހިރުން ލިޔެފަވާ ފޮތްތަކާ އަދި ﷲ ތަޢާލާ ބާއްވާލެއްވި ޤުރުއާނުގެ އަލިކަން ހޯދާށެވެ. ހިތުގައި އަށަގަންނާށެވެ. އަދި މިކަން އަމަލީގޮތުން ކުރަން ފަށާށެވެ. އަހަރުމެން އިސްލާމް ދީނުގެވާ ކަންކަމުން ވާގިލާށެވެ.
މީހާ އުދާހުގެ ތެރެއަށް ގެބެމުންދާނަމަ ހަރުދަނާ ރަޙްމަތްތެރިންގެ އަދި އާއިލާގެ މަދަދަށް އެދޭށެވެ. އެއީ މިކަމުގައި މީހާގެ ޖަޒުބާތު އަތުންބާރު ނެތުމަކީ ސިކުޑި އޭގެ ޡަބިއްޔަތުގަވާ ކަންކަމަށް ބާރު ފޯރުވަނީއެވެ. މީގައި ސިކުޑީގެ ކެމިކަލް އަދި ސިކުޑިނާރުތަކުގެ ކަރަންޓުސިގުނަލްތައް ހިމެނެއެވެ. އެންމެ ކުޑައިރުން އަމަލީ ސިފައެއްގެނެސް މީގެ ތަޖުރިބާތައް އަހަރުމެން ސިކުޑީގައި ހިތްހަމަޖެހޭ ނަޒަރިއްޔާ ތަކުން އިއާދަކުރަން ދަސްކުރަންވާނެއެވެ. ކޮންމެ މީހެއް އެމީހެއްގެ ނަފުސު ރައްކާކޮށް ބަލަހައްޓަންވާނެއެވެ. ޖަޒުބާތުގެ ހުޅުކޮޅުގެ އަވައިގައި ޖެހި މީހާ ގެއްލިގެން ދެއެވެ. ތިމާގެ ފަލްސަފާ ލިޔެވޭނީ ތިމާ އަތުންނެވެ. އެކަމަށް ފަސްނުޖެހި ނަފުސު ހޭލަށްވާލާށެވެ. ހަމަހިމޭން ކަންމަތީ ވިސްނާ ފިކުރުކޮށްލާށެވެ. ތިމާގެ ވަށައިން ﷲގެ ކުޅަދުންވަންތަ ކަން ވެސް އެހީތެރިވެދެއެވެ. ދުނިޔެއަކީ ފަރުވާއެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން