ހުޅުމާލޭގެ މިސްކިތްތައް ކައިރީގައި ގިނަ ދުވަސްވަންދެން ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަންގައިފިއެވެ. ފުލުހުން މިގޮތަށް އެންގީ، ރޯދަ މަހާ ދިމާކޮށް މިސްކިތްތަކަށް ނަމާދަށް އަންނަ ފަރާތްތަކަށް ފަސޭހައިން ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.
ރޯދަ މަހަކީ އަޅުކަމުގައި ގިނަބަޔަކު ހޭދަ ކުރާ މައްސަރަކަށް ވެފައި، މިސްކިތްތަކަށް ދާ މީހުންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. ފުލުހުން ބުނީ މިސްކިތްތައް ހިމެނޭ ސަރަހައްދުތަކަކީ ނަމާދަށް އަންނަ މީހުންނަށް ފަސޭހަ ސަރަހައްދުތަކަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނަގައި، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ޕާކު ކުރުން މަނާ ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މިހާރުވެސް ދަނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކުގެ އިތުރުން، މަގުތަކުގައި ހުރި ބާވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
