މަޝްހޫރު އިނގިރޭސި ރެޕަރ، ކާޑީބީ އޭނާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަމުގެ ހަބަރު އާންމުކޮށްފިއެވެ.
ކާޑީބީ އަދި އޭނާގެ ފިރިމީހާ އޮފްސެޓްއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ ހަބަރު އާންމުކޮށްފައިވަނީ ރޭ ބޭއްވި ބްލެކް އެންޓަރޓައިންމަންޓް ޓެލެވިޛަން (ބީއީޓީ) އެވޯޑުސްގެ ލައިވް ޝޯގެތެރެއިންނެވެ. ލައިވް ޓީވީ މެދުވެރިކޮށް ބަލިވެ އިންކަމުގެ ހަބަރު ކާޑީބީ ދިން މިއީ ދެވަނަ ފަހަރެވެ. އޭނާގެ ފުރަތަމަ ދަރިފުޅު، ކުލްޗާ ކިއާރީ ސީފަސްއަށް ބަލިވެ އިންކަމުގެ ޙަބަރު އާންމުކޮށްފައިވަނީ ސަޓަރޑޭ ނައިޓް ލައިވް ޝޯގެތެރެއިންނެވެ.
ރޭ ބޭއްވި ބީއީޓީ އެވޯޑްސް ޝޯގައި ކާޑީބީ ވަނީ ފަސް އެވޯޑަކަށް ނޮމިނޭޓް ވެފައެވެ. އޭގެތެރޭގައި، ބެސްޓް ހިޕް ހޮޕް ފީމޭލް އާޓިސްޓް، ބެސް ކޮލެބްރޭޝަން، ވިއުވާރސް ޗޮއިސް އެވޯޑުގެ އިތުރުން ވީޑިއޯ އޮފް ދަ އިޔާގެ ދެ އެވޯޑެއް ހިމެނެއެވެ.
ބީއީޓީއެވޯޑްސް އަކީ މިއުޒިކް، އެކްޓިން އަދި މިނޫންވެސް އެހެން މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ އެފްރިކަން އެމެރިކަން މީހުންގެ އަގުވަޒަން ކުރުމަށްޓަކައި 2001 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
