ވޭލްސްގެ އަންހެނަކަށް ކެންސަރު ޖެހިފާކަން އިނގުނީ އޭނާ ކީ ލިޔުމަކުން ފެނުނު އެއްޗެއްގެ ސަބަބުން އެކަމާ ބިރުން ހެދި ޓެސްޓު ތަކަކުންނެވެ. އުމުރުން 36 އަހަރުގެ އަލަނާ ސަވާސް ނަމަކަށް ކިޔާ މި މީހާގެ ކަނާއަތު ބޮޑުވައި އިނގިލީގެ ނިޔަފަތީގައި ރަތްކުލައިގެ ރޮނގެއް ހުރެއެވެ.
އެކަން އޭނާއަށް ފާހަގަ ކުރެވުނީ އޭނާގެ އުމުރުން ގާތްގަނޑަކަށް 20 އަހަރުގައެވެ. ނަމަވެސް އެ ރަތްކުލައިގެ ރޮނގުނގެ ސަބަބުން އެއްވެސް އެހެން އުނދަގުލެއް އޭނާއަށް ނުވާތީ އެކަމާ އޭނާ އަޅައެއް ނުލައެވެ. އަދި ބައެއް މީހުން އެކަމާއި ސުވާލުކުރާތީ، އެ ރަތްކުލައިގެ ރޮނގު ފޮރުވާލުމަށްޓަކައި ނިޔަފަތީގައި ކުލަ ޖައްސައިގެންވެސް އުޅުނެވެ.
އާދައިގެ ދިރިއުޅުމެއް އުޅެމުން އައި އަލަނާ އޮންލައިން މަޖައްލާ އަކުން ކީ ކިއުމެއްގައި އޭނާއަށް ފެނުނީ ކެންސަރު ބައްޔެއްގެ އަލާމާތްތައް ލިޔެފައި އޮތް ލިއުމެކެވެ. އެލިއުމުގައި ނިޔަފަތީގައި ރަތް ރޮނގެއް އިނުން އެއީ އެވައްތަރުގެ ކެންސަރުގެ އަލާމާތެއް ކަމަށް ވަނީ ލިޔެފައެވެ. އެހެންކަމުން އެކަމާ އޭނާ ކަންބޮޑުވެ ޑަކްޓަރަށް ވަނީ ދައްކާފައެވެ.
އެގޮތުން އޭނާ ދެއްކި ހޮސްޕިޓަލުން ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބިނުއިރު، އޭނާ ވަނީ މެލަނޯމާ ނަމަކަށް ކެންސަރުގެ ވައްތަރަކަށް ޕޮޒިޓިވް ވެފައެވެ. އެއީ ހަންގަނޑަށް ޖެހޭ ކެންސަރެއްގެ ވައްތަރެކެވެ. އެއާއި އެކު ހެދި އިތުރު ޓްސްޓުތަކުން އޭނާގެ ކެންސަރު ހުރީ އެންމެ ދަށް ސްޓޭޖުގައެވެ. އެހެންކަމުން އޮޕަރޭޝަނެއް ކޮށް އޭނާގެ އިގިލީގައި އިން އެ ކެންސަރުގެ ބައި ވަނީ ނަގާފައެވެ.
އަލަނާގެ ނަސޭހަތަކީ ފޮތް ކިއުމާއި އިލްމީ ލިއުންތައް ކިޔުން ގިނަކުރުމެވެ. އޭނާ އެ ލިއުން ނުކިޔާނަމަ އޭނާއަށް އެކަން ނޭނގުނީހެވެ. އޭނާ ވަނީ އޭނާގެ މި ހަބަރު މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށްވެސް އެދިފައިކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ.
