ސ. ފޭދޫގައި ވަޒީފާ އަދާކުރަމުން އަންނަ ސްރީލަންކާގެ ރައްޔިތަކު އިސްލާމްދީން ޤަބޫލުކޮށްފިއެވެ.

މިޝްކާތު ފައުންޑޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ޤަބޫލުކޮށްފައިވަނީ ފޭދޫގައި ހުންނަ 'ނަޔާ ސެލޫން' ގައި މަސައްކަތްކުރަމުން އައި ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަސިންހަ އަރައްޗިގޭ ވަރުނަ ޕްރަބާތު ސަދަރުވާން އެވެ.

އިސްލާމްދީން ޤަބޫލުކުރުމަށްފަހު، އޭނާގެ ނަން މިހާރު ވަނީ 'ޢަބްދުﷲ އާދަމް' ގެ ނަމަށް ބަދަލުކޮށްފައެވެ.

މި އުފާވެރި ޚަބަރު އާންމުކުރަމުން، މިޝްކާތު ފައުންޑޭޝަނުން ވަނީ ޢަބްދުﷲ އާދަމްއަށް އިސްލާމްދީން މަތީ މަރުވުމާ ހަމައަށް ސާބިތުކަން ދެއްވުން އެދި ދުޢާކޮށްފައެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން އަންނަނީ ދޭތެރެދޭތެރެއިން އިސްލާމްދީން ޤަބޫލުކުރަމުންނެވެ.