ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. މިއީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ފޯރިގަދަ އެއް މުބާރާތެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ފައިނަލް މެޗުގައި ވާދަކުރީ އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ވާދަވެރި ކުޅުމަކަށްފަހު، ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.

މެޗު ފެށުމުގެ ކުރިން ރައީސް ވަނީ ދެ ޓީމުގެ ކުޅުންތެރިންނާއި މެޗުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ. އަދި މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި، ޗެމްޕިއަންކަން ހޯދި ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީވެސް ރައީސް މުއިއްޒެވެ.

ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގެ ތާރީހުގައި ބާއްވާ އެންމެ ދުވަސްވީ އެއް މުބާރާތެވެ. މި މުބާރާތް އެންމެ ފުރަތަމަ ފަށާފައިވަނީ މީގެ 80 އަހަރު ކުރިން، 1946 ވަނަ އަހަރުގައެވެ.