2026 ވަނަ އަހަރުގެ ވިންޓާ އޮލިމްޕިކްސްއާއެކު ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ރީތިވާ ސާމާނު އުފައްދާ ބްރޭންޑުތަކުން އަންނަނީ މިކަމުގެ ފައިދާ ނަގަމުންނެވެ. އެގޮތުން ކުޅިވަރުގެ މައިދާނުގައި އެތުލީޓުން ހޯދާ ކާމިޔާބީތަކާ ގުޅުވައިގެން، އާ ޓްރެންޑުތަކެއް ވަނީ ތައާރަފުކުރަން ފަށާފައެވެ.

"ގޯލްޑް މެޑަލް ގްލޭމް" ގެ ނަމުގައި މަގުބޫލުވަމުން އަންނަ މި ޓްރެންޑަކީ އެތުލީޓުންގެ ފުރިހަމަ އަދި ދިގު މުއްދަތަކަށް ދެމިހުންނަ ރީތިކަމުން އިންސްޕަޔާވެގެން އުފެދިފައިވާ ޓްރެންޑެކެވެ. މީގެ ތެރޭގައި ވިދާ ހަންގަނޑަކާއި، ގިނަ ވަގުތު ހަލާކުނުވެ ހުންނަ މޭކަޕްގެ އިތުރުން، ބުރަކޮށް އުޅޭ ވަގުތުތަކުގައި ވެސް ހަންގަނޑުގެ ތާޒާކަން ދަމަހައްޓައިދޭ އުފެއްދުންތައް ހިމެނެއެވެ. މިއީ ސިއްހަތާއި ރީތިކަން ގުޅުވާލައިގެން ކުރިއަށް ގެންދާ އާދަތަކެކެވެ.

މި ޓްރެންޑުގެ ސަބަބުން ކުޅިވަރާއި، އަމިއްލަ ސާފުތާހިރުކަމާއި އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ބްރޭންޑުތަކުގެ މެދުގައި ވަނީ ބޮޑު ގުޅުމެއް އުފެދިފައެވެ. އަދި ރީތިވާ ސާމާނު އުފައްދާ ކުންފުނިތަކަށް އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންނާ ގުޅިގެން އާ ކެމްޕޭންތައް ހިންގުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. މިއީ ކަސްޓަމަރުންގެ އިތުބާރު ހޯދައި، ގިނަ ބައެއްގެ ސަމާލުކަން މި އުފެއްދުންތަކަށް ހޯދުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ.