ސަރުކާރުގެ އިންޓަރނެޓުގެ އަގު ހެޔޮކުރުމުގެ މަޝްރޫއާއި އެއްގޮތްވާ ގޮތުގެ މަތިން %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ޑޭޓާ ރޯލްއޯވާގެ ހިދުމަތާއެކު އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް އަޕްގްރޭޑް ކޮށްފިއެވެ.

އުރީދޫއިން ބުނީ، އާންމު ދިރިއުޅުމުގެ ކަންކަމުގައި ޑިޖިޓަލް ޙިދުމަތްތައް ބޭނުންކުރަންޖެހޭވަރު އިތުރުވެފައިވާއިރު، ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާކޮށް އޭގެ ފައިދާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ޙިދުމަތް، ސުޕަރނެޓް ޕްލޭންތަކަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

"ހެޔޮ އަގުގައި ބޮޑެތި ޑޭޓާ އެލަވަންސްގެ ލިބުމުގެ އިތުރުން މަސް ނިމޭއިރު ބޭނުންނުކޮށްހުރި ޑޭޓާ އަނެއްމަހުގެ އެލަވަންސްއާއިއެކު ބޭނުންކުރެވި މެދުކެނޑުމެއްނެތް ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށްވެސް ފަހިވެގެންދާނެ" އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްއަށް އުރީދޫއިން ގެނައި އަޕްގްރޭޑްއާއި އެކު އުރީދޫއިން ވަނީ ސަރުކާރުގެ ހުށަހެޅުންތަކަށް ބިނާކޮށް އުރީދޫއިން އަލަށް ތައާރަފް ކުރި 4 ޕްލޭން:

 އައު ސުޕަރ ނެޓް ޕްލޭންތައް  އަގު  ޑޭޓާ  ތްރޮޓްލްޑް ސްޕީޑް
ސުޕަރނެޓް 5އެމް (30ޖީބީ)  250ރފ  30 ޖީބީ  2 އެމްބީޕީއެސް
ސުޕަރނެޓް 10އެމް (65ޖީބީ)  400ރފ  65 ޖީބީ  5 އެމްބީޕީއެސް
ސުޕަރނެޓް 20އެމް (130ޖީބީ)  500ރފ  130 ޖީބީ   5 އެމްބީޕީއެސް
ސުޕަރނެޓް 30އެމް (210ޖީބީ)  700ރފ  210 ޖީބީ  5 އެމްބީޕީއެސް

އަލަށް ނެރުނު ޕްލޭން ތަކުގެ އިތުރުން ސުޕަރނެޓް ގެ ކުރީގެ ހުރިހާ ޕްލޭންތަކުގެ ޑޭޓާ އެލަވަންސް އިތުރުކޮށްފައިވާނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި ރާއްޖޭގައި މުޅިން އަލަށް އުރީދޫ ކަސްޓަމަރުންނަށް މަސް ނިމިގެންދާއިރު ބޭނުންނުކުރެވި ހުރި ޑޭޓާ ބޭކާރު ނުވެ، އެއްވެސް ލިމިޓެއްނެތި ދެންއަންނަ މަހުގެ ޑޭޓާ އެލަވަންސްއާއިއެކު ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.  

ޑޭޓާ އެލަވަންސް، ޑޭޓާ ރޯލްއޯވަރ އަދި ހަލުވި ސްޕީޑްތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިންވަނީ ސުޕަރނެޓް ކަސްޓަމަރުންނަށް ސުޕަރނެޓް ވޮއިސްގެ ޙިދުމަތާއި އުރީދޫ ކްލަބް ޕްރީމިއަރ ލޯޔަލް ޕްރޮގްރާމްގެ ޙިދުމަތްވެސް އިއުލާނުކޮށްފައެވެ.

އުރީދޫއިން ބުނީ، ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ އުރީދޫ ކްލަބް ޕްރިމިއަރ ރިވާރޑް ސްކީމްގެ ޙިދުމަތްތައްވެސް ސުޕަރނެޓް 35 އެމް އިން ފެށިގެން މަތީ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް 1 ޖުލައި އިން ފެށިގެން ލިބިގެންދާނެ ކަމަށެވެ. އެ ޙިދުމަތާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ރެސްޓޯރެންޓް އަދި ކެފޭތަކުން ލިބޭ ޙާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.