ކޮރޯނާވައިރަސްގެ ޕެންޑެމިކް ތެރޭގައި ޓިކްޓޮކް ބޭޏުންކުރާ މީހުގެ މެދުގައި އެންމެ ބޮޑު ތާއީދެއް ހޯދަމުން ގޮސްފައިވަނީ މަޑުފިޔާތޮށި ކުލައިގެ ހެދުމެއްގައި ރަތް ސްޓްރޯބެރީތަކެއް ޖަހާފައިވާ ހެދުމެކެވެ. މިހެދުމަކީ ޑިޒައިނަރ ލިރިކާ މަޓޯޝީ ޑިޒައިކޮށް 490 ޑޮލަރަށް ވިއްކި ހެދުކެވެ. މިހެދުމާއި ގުޅުވައިގެން ހެދި މީމްސް އަދި ހޭޝްޓެގް ހިމަނާފައިވާ ޕޯސްޓް ތަކަށް ޓިކްޓޮކްގައިވަނީ 8.3 މިލިއަން ވިއުސް ލިބިފައެވެ.

ކުއްލިގޮތަކަށް މިޑިޒައިންގެ ހެދުން މީހުންގެ މެދުގައި މިހާ މަޝްހޫރު ވުމުން އެންމެބޮޑު ސިހުމެއް ލިބުނީ ޓެސް ހޮލިޑޭ އަށެވެ. މިހެދުމަކީ ޓެސް ހޮލިޑޭ ގްރެމީ އެވޯރޑްސް އަށް ދިޔައިރުލީހެދުމެކެވެ. ނަމަވެސް އޭރު އޭނާ އެހެދުން ލުމުން ވަނީ އެންމެ ހަޑިކޮށް ހެދުން އެޅިމީހުންގެ ލިސްޓުގައި އޭނަ ވަނީ ހިމަނާފައެވެ. އެކަމާއި ގުޅިގެން ޓެސްހޮލިޑޭ ސޯޝަލް މީޑިއާގައި ހާމަ ކޮށްފައިވާގޮތުން މިއީ ހަށިގަނޑުގެ ބައްޓަމަށް ބާލަފަ މީހުން ތަފާތުކުރުން ކަމުގައެވެ. އޭނާ ލުމުން ހަޑިއޭ ބުނިހެދުން ހިކި މީހުން ޓިކްޓޮކްގައި ލުމުން ކުއްލިއަކަށް އެންމެނަށް ހެދުން ރީތިވީކަމަށެވެ. އަދި ޕީޕަލް މެގަޒިން އަށް އިންޓަރވިއު ދެމުން ޓެސް ބުނެފައިވަނީ ކުއްލިއަކަށް އެހެދުމަށް އެހާބޮޑު ސަމާލުކަމެއް ލިބުނީ ކީއްވެކަން އޭނާއަށް މިހާރު އެނގިއްޖެކަމުގައެވެ. އޭނާ ބުނެފައިވަނީ މުޖްތަމައު ރީތި މީހުން ގޮތުގައި ބަލައި ގަންނަނީ ހަށިގަނޑު ވަކި ގޮތަކަށް ހުންނަ މީހުން ކަމުގައެވެ.
ޓެސް އަށް މިހެދުން އެންމެ ފުރަތަމަ ފެނުނީ މީގެ އަހަރެއް ކުރިން މަޓޯޝީގެ އިންސްޓަގްރާމުންނެވެ. ޓެސް އަށް މިހެދުން ކަމުދިއުމުން އޭނާގެ ސްޓައިލިސް މޭގަން އޯކޮނަރ މިހެދުން ޑިޒައިން ކުރި މީހާއަށް ގުޅާ މިހެދުން ޓެސްގެ ސައިޒަށް ތައްޔާރުކޮށްދިނުމަށް އެދުނީއެވެ.
ޓެސް ހާމަކުރިގޮތުގައި މިއީ ފަލަ އަދި ޕްލްސް ސައިޒް މީހުންނަށް ފެޝަން ގެ ދުނިޔޭގައި ޖާގަ ނެތްކަމުގެ ލާމަސީލް މިސާލެކެވެ. ފަލަމީހުންނާއި މެދު އަބަދުވެސް މުޖުތަމައު ދެކެމުން އަންނަނީ އެއީ ހަޑި އަދި ރީތި ކަމެއް ނެތް ބައެއް ކަމުގައެވެ. ޓެސްގެ އުއްމީދަކީ ފެޝަން އިންޑަސްޓްރީއިން ހުރިހާ ސައިޒެއްގެ މީހުންވެސް ބަލައިގަނެ ކޮންމެ ސިފައެއްގެ މީހަކަށްވެސް ތަފާތުކުރުމެއް ނެތި ފެޝަންގެ ދުނިޔެއިން ޖާގަ ދިނުމެވެ.
