މެދުއިރުމަތީގެ ހަނގުރާމަ އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނުގެ ބަދަލުހިފުމުގެ ހަމަލާއެއްގައި އަވަހާރަވެފައިވާ ކަމަށް ބުނާ ކަށަވަރުނުވާ ރިޕޯޓުތަކެއް ފެތުރެން ފަށައިފިއެވެ.

މި އަޑުތައް ފެތުރެން ފެށީ އީރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އަވަހާރަވުމާ ގުޅިގެން އީރާނުން އިސްރާއީލަށާއި އެމެރިކާއަށް "ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް" ދޭނެ ކަމަށް އިއުލާނުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. ސޯޝަލް މީޑިއާގެ އެކި މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނުން ފޮނުވާލި މިސައިލް ނުވަތަ ޑްރޯން ހަމަލާއެއް ނަތަންޔާހޫ ހުންނެވި ތަނަކަށް ވަނީ އަމާޒުވެފައެވެ.

އިސްރާއީލު ސަރުކާރުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ނަތަންޔާހޫ ދަތުރުކުރެއްވި ބޯޓު ސައިޕްރަސްގެ ވައިގެ ސަރަހައްދުގައި އެތައް ގަޑިއިރަކު ބުރުޖެހުމަށްފަހު، މިހާރު ވަނީ ޖަރުމަނަށް ޖެއްސާފައެވެ. މިއީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

މި ހަބަރު ފެތުރުމާއެކު ދުނިޔޭގެ އިގުތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެގޮތުން ތެލުގެ އަގު ވަނީ ކުއްލިއަކަށް 15 އިންސައްތަ އުފުލިފައެވެ. އެމެރިކާގެ ވައިޓް ހައުސްއިން ބުނީ މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ނަމަވެސް ނަތަންޔާހޫގެ ހާލަތާ މެދު އަދި ވަކި އެއްޗެއް ބުނަން ދަތި ކަމަށެވެ.