ޔޫއީއެފްއޭ ޔޫރޯ 2021ގެ ޗެމްޕިއަންކަން ހޯދާނެ ޓީމް ދިމާކުރައްވައިގެން އިނާމް ހޯދުމުގެ ފުރުސަތު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހުޅުވާލައިފިއެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން އެ ފުރުސަތު ހުޅުވާލާފައިވަނީ ފޭސްބުކް އަދި ޓުވިޓާރ މެދުވެރިކޮށެވެ. ޖޫން 27 ގައި ހުޅުވާލި އެ ފުރުސަތަކީ ހޯމްއިމްޕްރޫވްމަންޓުން ކޮށްފައިވާ ޕޯސްޓުގައި މިއަހަރުގެ ޔޫރޯ ޗެމްޕިއަންކަން ހޯދާނެ ޓީމް ކޮމެންޓު ކުރައްވައިގެން 65 އިންޗީގެ ފިލިޕްސް ލެޑް ޓީވީ އަކާއި ފިލިޕްސް ސައުންޑް ބަރ އެއް ހޯދުމުގެ ފުރުސަތެވެ. ކޮމެންޓް ކުރުމުގެ ސުންގަޑިއަކީ ޖުލައި 2 ގެ ރޭގަނޑު 20:59 ކަމަށް އެސްޓީއޯއިން ބުންޏެވެ.
ޖޫން މަހުގެ 11 ވަނަ ދުވަހު ފެށި ޔޫއީއެފްއޭ ޔޫރޯ 2021 ގެ މިހާރުގެ މިހާތަނަށް 44 މެޗު ވަނީ ކުޅެފައެވެ. މެޗުގެ ކުއަރޓަރ ފައިނަލް މާދަމާ ފަށާއިރު ކުއަރޓަރ ފައިނަލްގައި ވާދަކުރާނީ، ސްވިޒްލޭންޑާއި ސްޕެއިން، ބެލްޖިއަމް އާއި އިޓަލީ، ކްޒެކް ރިޕަބްލިކާއި ޑެންމާކް އަދި ޔޫކްރޭން އާއި އިންގްލެންޑެވެ. ޔޫރޯ 2021 ގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ ޖުލައި 12 ވަނަދުވަހުއެވެ.
