އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު ސައްޔިދު އަލީ ހާމަނާއީގެ އަނބިކަނބަލުން، މަންސޫރޭ ހޮޖަސްތޭ ބާގިރުޒާދޭ، އެމެރިކާ އާއި އިޒުރޭލުން ދިން ހަމަލާތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު އަވަހާރަވެއްޖެ އެވެ. މިއާއެކު މިދިޔަ ފެބްރުއަރީ 28 ގައި ދިން ވަރުގަދަ ހަމަލާތަކުގައި ހާމަނާއީގެ މުޅި އާއިލާ ކަހަލަ ގޮތަކަށް ވަނީ ނެތިގޮސްފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނީ، އުމުރުފުޅުން 79 އަހަރުގެ މަންސޫރޭ އަވަހާރަވީ ތެހެރާނުގައި ހުންނަ ހާމަނާއީގެ ރަސްމީ މަރުކަޒަށް ދިން ހަމަލާގައި ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ކޯމާއެއްގައި އޮންނަވައިގެން ކަމަށެވެ. މި ހަމަލާގައި ހާމަނާއީގެ އިތުރުން އޭނާގެ ދަރިފުޅާއި، ކާފަދަރިންނާއި، ދަރިފުޅުގެ ފިރިމީހާ އަދި އަނބިމީހާ ވެސް ވަނީ މަރުވެފަ އެވެ.
އީރާނުގެ ޕްރެސް ޓީވީން މި ހާދިސާ ސިފަކޮށްފައިވަނީ މަންސޫރޭ "ޝަހީދުވީ" ކަމަށެވެ. މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށް ބުނެ އީރާނުން އަންނަނީ އެމެރިކާ އާއި އިޒުރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނަމުންނެވެ. މި ހާދިސާއާ ގުޅިގެން އީރާނުގައި މިހާރު ދަނީ 40 ދުވަހުގެ ގައުމީ ހިތާމަ ފާޅުކުރަމުންނެވެ.
