ސައުތު އޭޝިއަން ރީޖަނަލް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ކުޅުންތެރިން ހޮވައިފި އެވެ.

މި މުބާރާތް އޮންނާނީ އަންނަ މަހު ޕާކިސްތާނުގައެވެ. ކުޅުންތެރިން ހޮވާފައިވަނީ ކުޅުންތެރިން ނެގުމަށްޓަކައި ކުރިޔަށް ގެންދިޔަ ސިލެކްޝަނަކަށްފަހުއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރުގަދަ އެކަޑަމީތަކުގެ ކުޅުންތެރިން ހިމެނޭހެން ކުރިއަށްދިޔަ މި ސިލެކްޝަނަށް ފަހު، ތިން އުމުރުފުރާ އަކުން 12 ކުޅުންތެރިންވަނީ ހޮވާފައެވެ.

މި މުބާރާތަށް ރާއްޖެއިންދާ 16 އަހަރުން ދަށުން ފިރިހެން ބައިގައި ހޮވުނީ ރިވައިވަލް އޭދަފުށީގެ ރިޝާމް އަބްދުލް ފައްތާހު އާއި ރިވައިވަލްގެ މުހައްމަދު އައިދިން އަންވަރު އެވެ. މި އުމުރުފުރާގެ އަންހެން ބައިން، ހޮވުނީ ބީއޭއެމް ވައިޑީޕީގެ ޔަލްވީ ހުސެއިން ޒުހުރީ އާއި ލައިބާ އަހުމަދު މަހުލޫފް (އެލީ) އެވެ.

އަދި ނަވާރަ އަހަރުން ދަށު ފިރިހެން ބައިން ބީއޭއެމް ވައިޑީޕީގެ މުހައްމަދު ފަލާހު ފަރޫޒާން އާއި ނައިފަރުގެ އިބްރާހިމް ނާޝިތު ހަމްދީ ހޮވުނުއިރު މި އުމުރުފުރާގެ އަންހެން ބައިން، ބީއޭއެމް ވައިޑީޕީގެ ކިޔާން އާދިލް މުހައްމަދު އާއި އައިމިނަތު ފަރްހާ ފަރޫޒާން ވަނީ ހޮވިފަ އެވެ.