އިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓާ ބަރމިންގްހަމް އަށް ނިސްބަތްވާ ލިމިޓްލެސް ސެކިއުރިޓީ ނަމަކަށްކިއާ ކުންފުންޏަކުން ބަލަހައްޓަމުން އަންނަ ކޮންސްޓަރަކްޝަން ސައިޓަކަށް އަންހެން ޖިންނިއެއް އައިސް ޖެއްސުން ކުރާކަމަށް ބުނެފިއެވެ.
އެމީހުން ސީސީޓީވީއިން ރެކޯރޑްކޮށްފައިވާ ރެކޯޑިން އިން ފެންނަގޮތުގައި އަންހެން ޖިންނިހުންނަނީ ހުދުކުލައިގެ ހެދުމެއްލައިގެން އަތުން އެއްޗެއް ހިފައިގެންނެވެ. އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އެޑަމް ލީސް ބުނެފައިވަނީ އެމީހުންނަށް މިފެނުނު މަންޒަރާއި މެދު ބިރުގަނެ އަޖައިބު ވެފަކަމަށް ބުނެފައެވެ.

މިކުންފުނިން އާންމު ކޮށްފައިވާ ފޮޓޯ އަކީ އަސްލެއްތޯ ނުވަތަ ހަދާފައިވާ ފޮޓޯއެއްތޯ ގިނަމީހުން އަންނަނީ ސުވާލް އުފައްދަމުންނެވެ.
ޝަރބޯން ސްޓްރީޓްގައި ހަދަމުންދާ މިއީމާރާތުގެ ސެކިއުރިޓީ ކެމެރާތަކަށް ދަންވަރު މޯޝަން ޑިޓެކްޓުވުމުން އޯގަސްޓް 18 ވަނަ ދުވަހު އެމީހުންވަނީ ކެމެރާގެ ރެކޯޑިންގ ބަލާފައެވެ. މޯޝަން ޓިޓެކްޓްވީ ދަންވަރު 1:53 ގައެވެ. އޭގެ ދެތިން މިނެޓް ތެރޭގައި އެމީހުން މުޅިތަން ބެލިއިރުވެސް އެއްވެސް މީހެއްގެ ހިލަމެއް ސައިޓަކު ނެތެވެ.
