އިނގިރޭސި ޕްރިމިއަރލީގުގައި ތާވަލުގައި އޮތް ވުލްވްސް ކައިރިން ލިވަޕޫލު ބަލިވެއްޖެއެވެ.

ރޭ ވުލްވްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 78 ވަނަ މިނެޓުގައެވެ. އެލަނޑު ވުލްވްސްއަށް ޖަހައިދިނީ ރޮޑްރިގޯ ގޯމޭޒްއެވެ. އެލަނޑަކީ އެޓީމުގެ ފަހަތުން އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި ޖެހި ލަނޑެކެވެ. އެލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް ވުލްވްސްގެ މެދުތެރެއިން ޖެހި މިސްޕާހެއްގެ ފައިދާ ނަގައި، ލިވަޕޫލުގެ މޮ ސަލާ ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ނަތީޖާއާއެކު މެޗު ނިމެންދަނިކޮށް ނަތީޖާ ބަދަލުކޮށްލި ލަނޑު ޖަހައިދިނީ ވުލްވްސްގެ މެދުތެރެއަށް ކުޅޭ އެންޑްރެއެވެ. އޭނާ ލިވަޕޫލު ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ހަމަލާ ގޯލުތެރެއަށްވަނީ ލިވަޕޫލުގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ޑިފްލެކްޓްވެގެންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ ހަތަރުވަނައަށް ޖެހިލަން ލިވަޕޫލަށް ލިބުނު ފުރުޞަތު މިވަނީ ނަގާލާފައެވެ. އަދި ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ވުލްވްސްއަށް މިއީ އަގު ނުކުރެވޭނޭ ތިން ޕޮއިންޓެވެ. މިވަގުތު އެޓީމު އެންމެ ފުލުގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ.