ކޮޕަޑެލްރޭގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ރެއާލް ސޮސިއެޑާޑްއާ އެތުލެޓިކް ކުލަބް ބައްދަލުކުރި މެޗު ރެއާލް ސޮސިއެޑާޑް ކާމިޔާބުކޮށް އެޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.

ސެމީފައިނަލުގެ ދެވަނަ ލެގުގެ މެޗު ރޭ ސޮސިއެޑާޑް ކާމިޔާބުކުރީ 1-0 އިންނެވެ. ފައިނަލަށް ދަތުރުކުރީ ދެލެގުގެ ނަތީޖާ 2-0 އިން ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ހާފު އެއްވެސްޓީމަކުން ލަނޑެއް ނުޖެހި ނިމުނުއިރު، މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެލަނޑު ޖަހައިދިނީ އޮޔާޒަބަލްއެވެ.

ކޮޕަޑެލްރޭގެ ފައިނަލުގައި ސޮސިއެޑާޑް ބައްދަލުކުރާނީ އެޓްލެޓިކޯ މެޑްރިޑާއެވެ. އެޓްލެޓިކޯ ފައިނަލަށް ދަތުރުކުރީ ކޮޕަޑެލްރޭގެ އެންމެ ކާމިޔާބު ޓީމު ބާސެލޯނާ ބަލިކުރުމަށްފަހުއެވެ. ފައިނަލް މެޗު އޮންނާނީ އޭޕްރިލް 19 ވަނަ ދުވަހުއެވެ.