މަޝްހޫރު ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ)ގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ޓްރީޓޮޕް ހޮސްޕިޓަލުގެ ސީސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖޭގެ ހާލަތު ސީރިއަސްވީ ފުއްޕާމޭގައި ފެން ހެދުމުގެ ސަބަބުންނެވެ. އޭނާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު، މިހާރު ފަރުވާ ދެމުންދަނީ ހިތުގެ ބަލިތަކަށް ހާއްސަ ޔުނިޓުގައެވެ.

އަމްޖޭއަކީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޑައިރެކްޓްކޮށްފައިވާ އެއް ފަންނާނެވެ. އޭނާ ވަނީ "އުދަބާނި"، "ސަނދުރަވިރޭ" އަދި "މިލަ ހަނދުވަރު" ފަދަ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކެއް އުފައްދާފައެވެ. ފިލްމު ޑައިރެކްޓްކުރުމުގެ ދާއިރާއިން އޭނާ ވަނީ 2006 ވަނަ އަހަރު ގައުމީ އެވޯޑު ވެސް ހާސިލްކޮށްފައެވެ.

އަމްޖޭގެ ހާލު ދެރަވި ހަބަރާއެކު، ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނާއި އޭނާގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުއާކުރަމުންނެވެ. އަމްޖޭއަކީ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުމުގައި ވެސް ފާހަގަކޮށްލެވޭ، ދިވެހި ސިނަމާއަށް ބޮޑު ހިދުމަތެއް ކޮށްދީފައިވާ ބޭފުޅެކެވެ.