އުމުރުން 50 އަހަރުގެ އެކަނިވެރި ކަހަނބަކަށް ބައިވެރިއަކު ހޯދުމުގެ މަސައްކަތް އެކަހަނބުގެ ވެރިފަރާތުން ކުރަން ފަށައިފިއެވެ. ފްރެޑް ނަމަކަށް ކިއާ މިކަހަބަށް ބައިވެރިއަކު ނުލިބެނިސް މަރުވެދާނެތީ މިކަހަނބުގެ ވެރިފަރާތުން ވަނީ ކަންބޮޑުވުން ފާހަގަ ކޮށްފައެވެ.

ކަހަނބުގެ ވެރިފަރާތް އެންޖަލާ މެޓްޗެޓް ކޮށްފައިވާ އިސްތިހާރުގައި ޖަހާފައިވަނީ  " އުމުރުން 50 އަހަރުގެ އެކަނިވެރި ކަހަބަކަށް ތަންތަން ކޮންނަހިތްވާ، ޓޮމާޓޯ ކާހިތްވާ އަދި ބަގީޗާގައި ވަރަށް މަޑުމަޑުން އެކުގައި ހިނގާލާފަ އުޅޭނެ ބައިވެރިއަކު ބޭނުން" މިހެންނެވެ.

ކަހަބުގެ ވެރިފަރާތް އެންޖަލާ ބުނެފައިވަނީ ކަހަނބު އުޅޭގޮތުން މިކަހަބުވަނީ ބައިވެރިއަކު ބުލިބިގެން ކެތްމަދުވެފައިކަން އޭނާއަށް އިހުސާސްވެއެވެ. ކަހަނބު ބަގީޗާތެރޭގައި އުޅޭއިރު ފާޑުފާޑުގެ ފަތާއި ބޮލިފަދަ ތަކެއްޗާއި މުއާމަލާތްކުރަން މަސައްކަތް ކުރާކަން އޭނާއަށް ފާހަގަ ވާކަމަށް އެންޖަލާ ވަނީ ބުނެފައެވެ.

އެންޖަލާވަނީ ފްރެޑްއަށް ބައިވެރިއަކު ހޯދަން ސޯޝަލްމީޑިއާގައި އިސްތިހާރުކޮށްފައެވެ. އަދި އެންޖަލާ ބުނެފައިވަނީ ފްރެޑްއަކީ ހަރމަންސް ބާވަތުގެ ކަހަބެއްކަމަށާއި މިކަހަނބު ޔޫކޭއަށް ގެނެވިފައިވަނީ މީގެ 50 އަހަރު ކުރިން ކަމަށެވެ.